ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމަށް ދިގު މުއްދަތެއްގެ ޕްލޭންތައް އެކުލަވާލަން ޖެހޭ: އަނާރާ

ކ. ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމާއި ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި، އަސާސީ ހިދުމަތް ރަނގަޅު ގޮތުގައި ލިބިދޭ ގޮތަށް ދިގު މުއްދަތެއްގެ ޕްލޭންތައް އެކުލަވާލުން މުހިންމުކަމަށް ކ. ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމި، ޓްރާންސިޝަން މުއްދަތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭކަމަށް ގެޒެޓު ކުރި ލިސްޓަށް ގޯތި ހަވާލުކުރުން ލާޒިމްވާ ގޮތަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލުމުން އެ ބިލު މިއަދު މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.

ބިލުގެ މައްސަލައިގައި އަނާރާ ވިދާޅުވީ ރާއްޖޭގެ ބޮޑު ކަނޑުގެ ސަރަހައްދެއް އޮންނައިރު، ނިސްބަތުން ކުޑަ ބިމެއް އޮތުމުން ބޯހިޔާވަހިކަމުގެ ރަނގަޅު ސިޔާސަތެއް އޮންނަން ޖެހޭ ކަމަށެވެ. ކޮންމެ ފަސް އަހަރަކުން ސަރުކާރެއް ބަދަލުވުމާއި އެކު، އެ ވެރިއަކު ގެންގުޅުއްވާ ސިޔާސަތުތައް ތަފާތުވުމުގެ ސަބަބުން ނިކުންނަނީ އެންމެ އެދެވޭ ނަތީޖާއެއް ނޫންކަމަށް އަނާރާ ވިދާޅުވި އެވެ. އެހެންކަމުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ގޮތުގެ ރަނގަޅު އުސޫލަކާއި، ޕްލޭނެއް މަޖިލީހުގެ ހިއްސާއާއި އެކު ކަނޑައަޅައި ތަންފީޒު ކުރަން ޖެހޭކަމަށް އަނާރާ ވިދާޅުވި އެވެ.

މަޖިލީހުން ބޯހިޔާވަހިކަމާއި ގުޅުން ހުރި މަސައްކަތްތައް ކުރަން ޖެހޭނީ، ރައްޔިތުންގެ ވިންދާއި ހިޔާލު ހޯދައިގެން އެކަމަށް ވިސްނައިގެންކަން ފާހަގަކޮށް އަނާރާ ވިދާޅުވީ ބޯހިޔާވަހިކަމާއި ގުޅުން ހުރި ސިޔާސަތުތައް އެކުލަވާލަނުން އެންމެ ރަނގަޅީ ދިގު މުއްދަތަކަށް ބަލައިގެން ކަމަށެވެ.

އަނާރާ ވިދާޅުވި ގޮތުގައި ގައުމެއްގެ ހިންގުމުގެ ނިޒާމު ރަނގަޅު ގޮތުގައި ތަންފީޒު ކުރެވޭނީ، ރަނގަޅު ޕްލޭންތަކެއްގެ މައްޗަށެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތައް ފުރިހަމަ ގޮތުގައި ދެވޭނެ ގޮތަކީ އެއީކަމަށް ފާހަގަކުރެއްވި އެވެ.

ޕްލޭންތައް އެކުލަވާލާއިރު އެފަދަ މުހިންމު ކަންކަމަށް އެހާ ދިގު މުއްދަތެއްގެ ޕްލޭންތައް އެކުލަވާލަން އެބަޖެހޭ.. އޭރުން އެ ގައުމެއްގެ ހިންގުމުގެ ނިޒާމު ހަރުދަނާ ވެގެން ދާނީ.. އަދި ރައްޔިތުންނަށް ލިބެންވާ އަސާސީ ހައްގުތައް ވެސް ލިބިގެން ދާނީ..

މި ސަރުކާރުގައި ބޯހިޔާވަހިކަމުގެ ރަނގަޅު ސިޔާސަތެއް ރައްޔިތުންނަށް ލިބިގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށާއި، ރައީސް މުއިއްޒަށް ފުރިހަމައަށް އިތުބާރު ކުރާކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: