ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތިތައް ދޫކުރުމުގައި ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް ނެތްކަން ސާފު: މީކާއީލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް ނަސީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޭން ނިންމާފައިވާ ގޯތިތައް ދޫކުރުމުގައި މި ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް ނެތްކަން ސާފުވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް، ގެޒެޓު ލިސްޓާއި އެއްގޮތަށް ދޫކުރުން ލާޒިމްވާ ގޮތަށް އޭރުގެ މެޖޯރިޓީން ފާސްކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު ތަސްދީގު ނުކުރައްވައި އަލުން އެ އަނބުރާ ފޮނުވާލައްވާފައެވެ. މިއީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށައެޅުއްވި އިސްލާހެކެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން މި ބިލު ފާސްކުރި ނަމަވެސް، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަސްދީގެއް ނުކުރައްވައެވެ.

ގޯތިތައް ދޫކުރުމުގެ މައްސަލައިގައި ސަރުކާރުން ވާހަކަދައްކަވަނީ އެކި ގޮތަށްކަމަށް މީކާއީލް ވިދާޅުވިއެވެ. ލޭންޑް ޔޫސް ޕްލޭން ނެހެދި އޮތްކަމަށް ބުނުމަށްފަހު ދެން ބުނަނީ މުރަކަ ހުދުވާތީ ފަޅުތައް ނުހިއްކޭ ވާހަކަކަމަށް ފާހަގަކޮށް މީކާއީލް ވިދާޅުވީ، ނަމަވެސް އިންތިހާބުތަކާއި ދިމާވުމުން ތަންތަން ހިއްކަން ފަށާކަމަށެވެ. މުޅި މައްސަލައިގެ ތެރޭގައި ހުދު ރައީސުލްޖުމްހުރިއްޔާ އާއި ކެބިނެޓުވެސް އިންތިހާބުތައް ކައިރިވުމުން އުޅުއްވާކަމަށް ވިދާޅުވިއެވެ.

އިންތިހާބު ނިމުމުން ދެން ފެންނަނީ އިހުލާސްތެރިކަމާއިމެދު ސުވާލު އުފެދޭ ކަންކަމަށް މީކާއީލް ވިދާޅުވިއެވެ.

މިއީކީއެއް ނޫން، ވެފައިވާ ވައުދުތައް ފުއްދަން އިހުލާސްތެރި ނިޔަތެއްގައި މަސައްކަތް ކުރުމަކީ. އިއްޒަތްތެރި ރައީސް އަޅުގަނޑުމެން މި ބިލު ހުށައެޅުމުގެ މަގްސަދަކީ، ޕީއެންސީގެ މި ސަރުކާރަށް ފުރުސަތެއް ދިނުން.

މީކާއީލް ވިދާޅުވިއެވެ.

މި ބިލުގެ މަގްސަދަކީ ޕީއެންސީގެ ސަރުކާރަށް ފުރުސަތެއް ދިނުންކަމަށް ފާހަގަކޮށް މީކާއީލް ވިދާޅުވީ، އެއީ ރައްޔިތުންނަށް މިކަން ހިނގާނެ ގޮތް ސާފުކޮށްދިނުމަށް ދިން ފުރުސަތެއްކަމަށް މީކާއީލް ވިދާޅުވިއެވެ. ތިން މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނުނިންމޭނެނަމަ، ނިންމޭނެ ތާރީހެއް ބިލުގައި ޖެހުމަށްފަހު ތަސްދީގު ކުރުމަށް މީކާއީލް އެދިވަޑައިގެންނެވިއެވެ. އަދި ބޭނުންވާ ގޮތަކަށް ބިލު ފަރުމާ ކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ސަރުކާރުން މި ބިލާއި ދެކޮޅުވުމުން މީކާއީލް ވިދާޅުވީ، ގޯތިތައް ދޫކުރުމުގެ އެއްވެސް އިހުލާސްތެރި ނިޔަތެއް ސަރުކާރުގެ ނެތްކަން އެކަމުގެ ސަބަބުން ސާފުވާކަމަށެވެ. ރަޖިސްޓްރީގެ އިތުރުން ގޯތި ދޭނެކަމަށް ދޭ ލިއުމަކީ ތާކުން ތާކު ނުޖެހޭކަމެއްގެ ގޮތުގައި މީކާއީލް ވަނީ ސިފަ ކުރައްވާފައެވެ.

މިހާރު މި ބިލު ވަނީ ބޭރު ކޮށްލާފައެވެ. ބަހުސްގެ ވަގުތު ހަމަވުމުން، ވޯޓަށް ހުޅުވާލުމުން ވޯޓުގައި ބައިވެރިވި 88 މެމްބަރުންގެ ތެރެއިން 75 މެމްބަރުން ވޯޓު ދެއްވީ ކޮމިޓީ މަރުހަލާއަށް އަލުން ފޮނުވަން ނުފެންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: