ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ބިމުގެ ގާނޫނާއިއެކު ސުވާލެއް ނުއުފެދޭ މިންވަރަށް ހައްގުތައް ކަށަވަރުވާނެ: ފަލާހު

ޕީއެންސީގެ ޕީޖީ ގުރޫޕު ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ފޮނުވާފައިވާ ބިމުގެ ގާނޫނުގެ އިސްލާހުގެ ދަށުން ސުވާލެއް ވަސްވާހެ ނުއުފެދޭ މިންގަނޑަށް ރައްޔިތުންގެ ހައްގުތައް ކަށަވަރުވެގެންދާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީއިން ހުށައެޅި އިސްލާހުގެ ދަށުން 3 މަސް ދުވަސް ތެރޭގައި ގޯތިތައް ދޫކުރަން ލާޒިމުކަމަށެވެ. އެހެންނަމަވެސް ބައެއް ގޯތިތައް ހުރީ ކަނޑު އަޑީގައިކަމަށްވުމުން އެ ގޯތިތައް ދޫކުރެވޭނެތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ފަލާހު ވިދާޅުވީ، އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ހަކަތަ އެއް ދައުލަތުގައި ނެތްއިރު އިއުލާނުކުރި މަސައްކަތްތައް ކުރުމުގެ ގާބިލުކަން ހުރިތޯވެސް ހަގީގަތުގައި ބެލުން މުހިންމުކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ދަށްވެފައިކަން ރައްޔިތުންނަށް އެނގޭނެކަމަށްވެސް ހިއްސާކުރެއްވިއެވެ. ފަލާހު ވިދާޅުވީ ޕީއެންސީގެ ޕީޖީ ގުރޫޕުން ސިޔާސީ ވާހަކަތަކެއް ދައްކަން ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ވެރިކަމުގެ ދައުރު ނިމުނު އިރު ރާއްޖޭގެ އިގްތިސާދު އޮތީ ނިކަމެތި ހާލަތެއްގައިކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ހާލަތުގައި ގައުމު އޮތް އިރު ނުހިއްކާ އޮތް ތަނަކުން ގޯތިތަކެއް ދޫކޮށްފައިވާކަމަށްވުމުން ގާނޫނުތަކާއި ތައާރުޒް ވާކަމަށްވުމުން ސަރުކާރުން ވަނީ އައު ބިލެއް ހުށައެޅުމަށް ނިންމާފައިކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: