ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުވެނިއަރ ޝޮޕްތަކަކީ ދުނިޔޭގެ ހުރިހާ ޤާނޫނު ހަދާ މަޖިލީސްތަކުގައި ހުންނަ ތަންތަން: މަޖިލިސް އިދާރާ

ޝެއާރކޮށްލާ ކަހަލަދޯ؟

ސުވެނިއަރ ޝޮޕްތަކަކީ ދުނިޔޭގެ ހުރިހާ ޤާނޫނު ހަދާ މަޖިލީސްތަކުގައި ހުންނަ, އަދި އެތަނަށް ޒިޔާރަތްކުރާ މެހުމާނުންނަށް ސުވެނިއާ ގަނެވޭ ގޮތަށް ހަދާފައި ހުންނަ ތަނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މީޑިއާއެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓަކާއި ގުޅިގެން މަޖިލިސް އިދާރާއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސުވެނިއާ ޝޮޕްގެ މަސައްކަތް ފެށީ މީގެ 3 އަހަރު ކުރިން 2021 ގައި ކަމަށެވެ. އަދި އޭރު ސުވެނިއަރ ޝޮޕަށް ބޭނުންވާ ތަކެތި ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ގެޒެޓުގައި އިއުލާންވެސްކުރި ކަމަށާއި އެހެން ނަމަވެސް ފަހުން ސުވެނިއާތައް ޑިޒައިންކުރީ މަޖިލީހުގެ ގްރެފިކް ޑިޒައިނަރު ކަމަށް ވިދާޅުވިއެވެ.

21 ޖޫން 2021 ގައި ޑިޒައިން ކުރާނެ ބަޔަކު ހޯދަން އިއުލާންކުރި ކަމަށް މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ. 17 އޯގަސްޓް 2021 ގައި ޑިޒައިންކޮށް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރި ކަމަށާއި އަދި 16 އޭޕްރީލް 2024 ގައި ޑިޒައިނާ އެއްގޮތަށް ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރި އިރު 02 ޖޫން 2024 ގައި 20 ވަނަ އިއުލާނަށް ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ އަލުން އިއުލާންކުރި ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ސުވެނިއާތަކުގެ ތެރޭގައި ދުނިޔޭގެ އެހެން ގާނޫނު ހަދާ މަޖިލީސްތަކުގެ ސުވެނިއާ ޝޮޕްތަކުގައި ހުންނަ ފަދަ ގަލަމާއި ފޮތާއި ތަށި އަދި ސަމުސަލާއި އޫ ސެޓް ފަދަ ތަކެތި ހިމެނެއެވެ. އަދި މި ތަކެއްޗަކީ މެންބަރުންނަށް ދޭން ނުވަތަ މެންބަރުންގެ ބޭނުމަށް ހަދާތަކެއްޗެއްވެސް ނޫން ކަމަށް މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ.

މަޖިލިސް އިދާރާއިން ބުނެފައިވަނީ މިއީ ސުވެނިއާ ޝޮޕަށް ޒިޔާރާތްކުރާ އާންމުންގެ ތެރެއިން އެތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ މީހުންނަށް ގަތުމަށް ބަހައްޓާފައި ހުންނާނެ ތަކެތިކަމަށް ވަނީ ބުނެފައެވެ.

”ދައުލަތުން ޚަރަދުކޮށްގެން މިކަހަލަ ކަންކަން ކުރާއިރު، މަސްވެރިންނަކަށް ފައިސާއެއް ނުދެވެ އެވެ. ފައިސާ ނެތުމުގެ ސަބަބުން ރަށް ރަށުގައި ކުރިން ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް މަޑު ޖެހިއްޖެ އެވެ. މި ދެންނެވި ކަންކަމަކަށް ފައިސާ ޚަރަދު ކުރުން މާ ބުއްދިވެރި އަދި ބޭނުންތެރި ކަމަށް ޤަބޫލު ކުރެވެ އެވެ“

މީޑިއާގައި ޝާއިއުކޮށްފައިވާ އާޓިކަލްގައި ވެއެވެ.

މަޖިލިސް އިދާރާއިން ވަނީ އެ މީޑިއާގައި ޝާއިއުކޮށްފައިވާ އާޓިކަލްގައި ލިޔެފައިވަނީ ހަގީގަތާ ޚިލާފު މައުލޫމާތުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: