ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ހިއްސާދާރުންނާއި ނުރަސްމީ ބައްދަލުވުމެއް މިމަހު 8 ގައި ބޭއްވުމަށް ނިންމައިފި

އެސްޓީއޯ ހެޑް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނީގެ ހިއްސާދާރުންނާއި ނުރަސްމީ ގޮތުން ބައްދަލުކޮށް ކުންފުނީގެ ކަންކަމާމެދު މަޝްވަރާކުރުމުގެ ގޮތުން މިމަހުގެ 8 ވަނަ ދުވަހު އިވެންޓެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެސްޓިއޯ އިން ބުނެފައިވަނީ މިމަހުގެ 8 ވަނަ ދުވަހު 11:00 ގައި އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓް އެސްޓީއޯ ޓްރޭޑް ސެންޓަރ، 4 ވަނަ ފަންގިފިލާ ގައި ޝެއަރހޯލްޑަރ އެންގޭޖްމަންޓް އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ބައްދަލުވުމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުން މިމަހު 7 ގައި ވާ ހުކުރު ދުވަހު 11:00 ގެ ކުރިން Portal.sto.mv މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުމަށް ވަނީ އެދިފައެވެ. އެސްޓީއޯއިން ބުނެފައިވަނީ މިއީ ހިއްސާދާރުންނާއެކު ބާއްވާ ނުރަސްމީ ބައްދަލުވުމެއްކަމަށްވުމާއެކު، މި ބައްދަލުވުމަށް ޕްރޮކްސީ އައްޔަނުކުރުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރާ ތާރީހާއި ހަމައަށް އުމުރުން 16 އަހަރު ފުރިފައިވާ ކުންފުނީގެ ހިއްސާދާރުންނަށް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ ކަންކަމަށް ބަލާއިރު އަހަރީ ރިޕޯޓް ޕަބްލިޝް ކުރުމާއި އަހަރީ އާންމު ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތަކުގެ މައުލޫމާތު ހުށައެޅުމާއި، ކުންފުނީގެ ސްޓްރެޓީޖިކް ކަންކަމާމެދު ހިއްސާދާރުންނާއެކު މަޝްވަރާ ކުރުމާއި ހިޔާލު ފާޅުކުރުމާއި އަދި އިތުރު ޖަލްސާގެ އެހެން ކަންކަން ވެސް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: