ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި ދޫކުރުމުގައި ދާއިމީ އެޑްރަހަށް ބަލައި ޕޮއިންޓު ދިނުން ނިމުމަކަށް ގެންނަން ޖެހޭ: ހުސްނީ

މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރިއުޅުމުގެ ބޭނުމަށް ދައުލަތުން ބަންޑާރަ ގޯތި ދިނުމުގައި ޝަރުތުތަކެއްގެ ތެރެއިން ދާއިމީ އެޑްރެހަށް ރިއާޔަތްކޮށް ޕޮއިންޓު ދިނުމުގެ އުސޫލަށް ނިމުމެއް ގެންނަން ޖެހޭކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމި، ޓްރާންސިޝަން މުއްދަތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭކަމަށް ގެޒެޓު ކުރި ލިސްޓަށް ގޯތި ހަވާލުކުރުން ލާޒިމްވާ ގޮތަށް ގެނައި އިސްލާހު ތަސްދީގު ނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލުމުން އެ ބިލު މިއަދު މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.

މި އިސްލާހުގެ މައްސަލައިގައި މިއަދުގެ ޖަލްސާގައި ހުސްނީ ވިދާޅުވީ ބަންޑާރަ ގޯތި ދިނުމުގައި އެޑްރެސްތަކަށް ބެލުން ނިމުމަކަށް ގެންނަން ޖެހޭކަމަށެވެ. އަދި ވަކި ރަށަކުން ބަންޑާރަ ގޯތި ދޫކުރުމަށް އިއުލާނު ކުރުމުން ރަށުގެ ރަށްވެއްސަކަށް ވީތީ އިސްކަން ދިނުމުގެ އުސޫލަށް ބަދަލު ގެންނަން ޖެހޭކަމަށް ހުސްނީ ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ރާއްޖޭގެ ބިމުން ބަންޑާރަ ގޯތު ދޫކުރާކަމަށް ވާނަމަ، ބަންޑާރަ ގޯތި ލިބިފައި ނެތް މީހަކަށް ކުރިމަތިލެވޭ ގޮތަށް އެ ހައްގު ލިބިދޭން ޖެހޭ ކަމަށެވެ. އަދި އެއްވެސް ތަފާތު ކުރުމެއް ނެތި ޕޮއިންޓު ދީ، ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް ގާނޫނީ އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ހުސްނީގެ ވާހަކައިގައި ވިދާޅުވި އެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ރާއްޖޭގެ ބިމުން ބަންޑާރަ ގޯތި ދޫކުރާކަމަށް ވާނަމަ ބަންޑާރަ ގޯތި ލިބިފައި ނެތް މީހަކަށް ކުރިމަތިލެވޭ ގޮތަށް އެ ހައްގު ލިބިދެވޭ ގޮތަށް ތަފާތު ކުރުމަށް، ނެތި… ޕޮއިންޓު ދެވިގެން ގޯއްޗަށް އެދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭ

މަޖިލީހުގައި މިއަދު ދެއްކެވި ވާހަކައަކީ، ސެންޓްރަލައިޒްޑް ވިސްނުމެއްތޯ ނޫސްވެރިންގެ ބައްދަލުވުމުގައި ހުސްނީއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ދާއިމީ އެޑްރެހަށް ބެލުމެއް ނެތި ބަންޑަރަ ގޯއްޗަށް އެދެވެން ޖެހޭ ކަމަށެވެ. ހުސްނީ ވިދާޅުވީ ކޮންމެ ރައްޔިތަކަށް ވެސް ހަމަހަމަ އުސޫލުން، ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ. އަދި އެ މީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް ނުވަތަ ބިމެއް ނެތް ނަމަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިދޭން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: