ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި ސިޓީ ބޮޑު އީދު ކަވަރޭޖު ސަންގު ޓީވީން ގެނެސްދެނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ އީދުގައި ވަކި ހާއްސަ ކަމެއްގެ ގޮތުގައި ”ސަންގު ޓީވީ“ މެދުވެރިކޮށް އީދުގެ ހުރިހާ ހަރަކާތެއް ކަވަރުކޮށްދޭ ގޮތަށް ހަމަޖައްސައިފައިވާނެ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ އެ ސިޓީގެ އަޟްހާ އީދުގެ ކުޅިވަރުތައް ރަނގަޅުގޮތަކަށް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ކަމަށާއި، އެގޮތުން ”ކުޅުދުއްފުށީގެ ބޮޑު އީދު މުއްސަނދި ސަގާފަތާއިއެކީގައި“ މި ނަމުގައި މިއަހަރުގެ އީދު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ވަކިން ހާއްސަ ކަމެއްގެ ގޮތުގައި މިއަހަރު އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ ސަންގު ޓީވީގެ ފަރާތުން އެބްއޮތް އަޅުގަނޑުމެންނަށް ހުށައެޅުމެއް ލިބިފައި. އެބޭފުޅުން މުޅި އީދު އެއްކޮށް، ކުޅުދުއްފުށީގައި ހިންގާ އެންމެހާ އީދުގެ ހަރަކާތްތައް ކަވަރުކޮށްދޭ ގޮތަށް ހުށައެޅުމެއް ލިބިފައި. އަދި އަޅުގަނޑުމެން ވާނީ އެ ހުށައެޅުން ގަބޫލުކޮށް އެބޭފުޅުންނާއެކީގައި ކޮލަބްރޭޓްކޮށްގެން ބައިވެރިވެގެން އީދުގެ ހަރަކާތްތަކުގެ ކަވަރޭޖް މުޅިރާއްޖެއަށް ގެނެސްދޭ ގޮތަށް ނިންމާފައި

މޭޔަރ ވިދާޅުވީ ހާއްސަކޮށް މި އަހަރުގެ އީދު ކުޅިވަރުތަކަށް ބަލާއިރު އެ ކުޅިވަރުތައް ފަށަނީ ”އީދު ލައިޓް“ މުޅި ކުޅުދުއްފުށީގައި ދިއްލާލުމާއެކު ކަމަށެވެ. އީދުގެ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ސްޓޭޖްޝޯ ސަރަހައްދުގައި އީދުގެ ބޮކިތައް ދިއްލުން އޮންނާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ކޮންމެ އަހަރަކުވެސް މަސައްކަތް ކުރަމުންދަނީ އީދު ފާހަގަކުރުމުގައި ކުޅުދުއްފުށީގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ގޮތަށް ނުވަތަ ސަގާފީ ގޮތުން ކުޅުދުއްފުށީގައި ކުޅެމުންއައި ކުޅިވަރުތައް ފުރިހަމައަށް އޭރުގެ އެ ކުޅެމުން ދިޔަ ގޮތަށް ރައްޔިތުންނާއި ހިސާބަށް ގެނެސްދިނުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: