ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ދިން އިންޒާރު ފަހަތުގައި އެމްޑީޕީ އޮތްކަމަށް ބުނާ ވާހަކައަކީ ދޮގެއް: ޝާހިދު

ހއ ދިއްދޫގައި ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއިން ރާއްޖެއަށް މާލީ ފިއްތުންތަކެއް ކުރިމަތިކުރުމަށް މަސައްކަތްތައް ފެށުމުގެ ފަހަތުގައި އެމްޑީޕީގެ އަތެއްވާކަމަށް ޕީއެންސީއިން ތުހުމަތުކުރުމާއިއެކު އެ ޕާޓީއިން އެ ވާހަކަތައް ދޮގުކޮށްފިއެވެ.

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމުމާއިއެކު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ވެރިކަން ކުރާ ޕާޓީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރެއްވަނީ ރާއްޖެއަށް އެ ގައުމުން މާލީ އެހީ ދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވާލާނެކަމަށް އިޝާރާތްކޮށްފައެެވެ. އެގޮތުން ރާއްޖެއިން ނިންމާފައިވާ ނިންމުން ބަދަލުނުކުރާ ނަމަ އެ ގައުމުން އެއްވެސް މިންވަރަަކަށް މާލީ އެހީ ފޯރުވަައިގެން ނުވާނެކަމަށް ބުނެފައިވާކަމަށާއި އޭނާ މަސައްކަތްކުރަމުންދަނީ ގާނޫނެއް ވުޖޫދުކޮށްގެން ރާއްޖެއަށް މާލީ ފިއްތުންތައް ކުރިމަތިކުރުވައިގެން ނިންމުން ފޮރޮޅާލުމަށްކަމަށްވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާޙިމް މުހައްމަދު ވަނީ އެމްޑީޕީގެ ރައީސް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަމުގެ ފަހަތުގައި ހުންނެވިކަމަށް ތުހުމަތުކުރައްވާފައެވެ./

މެމްބަރު އިބްރާހިމްގެ ވާހަކަތަކަށް ޝާހިދުވަނީ ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މެމްބަރު އިބްރާހިމް ދައްކަވަމުންގެންދަވަނީ ކަނޑައެޅިގެން ދޮޮގު ވާހަކަތަކެއްކަމަށެވެ. އަދި އޭނާ ކުރައްވަމުންދާ މަސައްކަތަކީ ފަލަސްތީނުގެ މައްސަލަ ފަދަ ރައްޔިތުންގެ ހިތާއި ގުޅިފައިވާ ހައްސާސް މައްސަލައެއް ބޭނުންކުރައްވައިގެން އަމިއްލަ ސިޔާސީ މަގުސަދެއް ހާސިލުކުރެއްވުމުގެ މަސައްކަތްތައް ކަމަށްވެސް ބުނެފައިވެއެވެ.

ޝާހިދު ވިދާޅުވީ، އެގޮތުގެ މަތިން އަމަލުކުރެއްވުމަކީ ފަލަސްތީނުގެ އަހުންނަށް އިސްރާއީލުން ދެމުންދާ އަނިޔާތަކަށް ހިތްވަރު ދިނުންކަމަށާއި ފަލަސްތީނުގެ ދިފާއުގައި މުޅި ރާއްޖެ އެކިތިގަނޑަކަށްވެފައިވާ މި ދަނޑިވަޅުގައި މަޖިލިސް މެމްބަރެއްގެ މަގާމުގައި ހުންނަވައިގެން ފިތުނައާއި ދޮގު ފަތުރުއްވައިގެން ދިވެހި ސަފުތައް ބައިބައިކުރުމަށް އިބްރާހިމް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމނުން އެ މަސައްކަތްތައް ހުއްޓާލެވުމަށް އިލްތިމާސްކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: