ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް ކުރީގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ހަމަޖައްސާފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ކުރީގެ މެމްބަރު ނިހާނު ބިއުރޯ ޗީފެއްގެ ގޮތުގައި އައްުޔަނުކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. އަދި އޭނާ އައްޔަނުކޮށްފައިވާ ޕާލެމެންޓަރީ ސާވިސިންގް ގައިވައިދުގެ ދަށުން ރައީސް އަބްދުއްރަހީމްގެ މަސައްކަތްތަކުގައި އެހީތެރިވެދިނުމަށްކަމަށްވެސް ބުނެފައިވެއެވެ.
ނިހާނުގެ ކުރިން އެ މަގާމުގައި ހުންނެވީ ފާތުމަތު މުހައްމަދު ސާލިހުކަމަށްވާއިރު މި ބަދަލާއިއެކު ނިހާނު މިހާރުވަނީ މަސައްކަތްތައް ފައްޓަވާފައެވެ.

