ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މުޖުތަމައުގެ އެންމެހައި ފަރާތްތަކާއި ބައްދަލުކޮށް ހާލު އޮޅުންފިލުވުން: މިނިސްޓަރ

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ބެލެހެއްޓުމުގެ ޒިންމާތައް އެޅިފައިވާ ވުޒާރާއެއްކަމަށް ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ހާލުކިހިނެއް ޕްރޮގްރާމް ތެރެއިން މިނިސްޓްރީގެ ”އެކްސް“ އެކައުންޓުގައި ހިއްސާކޮށްފައިވާ ވީޑިއޯގައި އާއިޝަތު ޝިހާމު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އިސް އެއް ވައުދުފުޅަކީ އޯގާތެރި އަމާން މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ބެލެހެއްޓުމުގެ ޒިންމާތައް އެޅިފައިވާ ވުޒާރާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެތެރޭގައި ކުޑަކުދިންނާއި ޒުވާނުންނާއި، އަދި އިސްރަށްވެހިންނާއި އަދި އެއްވެސް ކަމަކާއި ގުޅިގެން ނުވަތަ ހާލަތަކާއި ވިދިގެން ނާޒުކު ފައްތަރެއްގައި އެމީހުންގެ ދިރިއުޅުން ހުރިއިރު އެމީހުންގެ ޒިންމާވެސް އެޅިފައިވަނީ އެ ވުޒާރާގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރީގެ މަސައްކަތަކީ ގާތުން މުޖުތަމައުގެ އެންމެހައި ފަރާތްތަކާއި ބައްދަލުކޮށް އެމީހުންގެ ހާލު އޮޅުންފިލުވާ ދައުލަތުގެ ފަރާތުން އެއްވެސް މީހަކަށް ކަމެއް ކޮށްދެވޭ ކަމަށް ވާނަމަ އެމީހަކާއި އެގުޅުމެއް އިތުރުކޮށް ނުވަތަ ބަދަހިކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ކުއްލިއަކަށް ހާލުދެރަވާ ފަރާތްތައް ފާހަގަކުރެވޭކަމަށާއި އެހެންނަމަވެސް އެހެން ބައްދަލުވާން ފަށައިފިނަމަ މައްސަލަތައް ބޮޑު ނުވެ އަދި އާއިލާތަކަށް ބޮޑެތި ގެއްލުންތައް ނުލިބެނީސް މުޖުތަމައުއަށް ލުއިކަމެއް ގެނެވޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިމައްސަަލަތަކުގައި މިނިސްޓްރީއަށް ވީހާވެސް ގިނަ ބައެއްގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

މި މަސައްކަތާއި ގުޅިގެން ސްކައުޓް އެސޯސިއޭޝަންއާއި ގުޅިގެން އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުންވެސް މިނިސްޓްރީއާއިއެކު މި މަސައްކަތް ކުރުމަކީ ވަރަށްބޮޑަށް އެދޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފަދަ މަސައްކަތެއްގެ އުންމީދަކީ މި މުޖުތަމައުއަކީ އެއަކަކު އަނެކަކާއި ގުޅި، އެކަކު އަނެކަކާއި އަޅާލުންތެރިކަން ލިބިފައިވާ މުޖުތަމައުއަކަށް ވެގެންދިއުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ގޮތަކީ މިނިސްޓްރީގެ ބޭފުޅުން އެކި ގޭބީސީތަކަށް ޒިޔާރަތްކޮށް މީހުންނަށް މަޝްވަރާކުރެވި އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކި ޕްރޮގްރާމްތައް ހިންގުމާއި އޭގެއިތުރަށް އެންމެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: