ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖު ކިޔުއަށް ނުފޫޒު ފޯރުވައި، އެހެން ބަޔަކަށް ޖާގަ ހޯދައި ނުދެން: ޑރ. ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރާ އެކު/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖު ކިޔުގެ ބޭރުން އެއްވެސް ބަޔަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ދީފައިނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ހަރަދުގައި ހައްޖަށް މީހުން ފޮނުވުމާއި ގުޅިގެން އެކި ގޮތް ގޮތަށް ވާހަކަތައް ދެކެވުނެވެ. ފައިސާ ދައްކާފައިވާ މީހުން ތިއްބާ އެ މީހުންނަށް ފުރުސަތު ނުދީ ހައްޖު ކިޔުގެ ބޭރުން ބަޔަކަށް ފުރުސަތު ދީފައިވާކަމަށްވެސް ސޯޝަލްމީޑިއާގައި ބައެއް މީހުން ވަނީ ތުހުމަތުކޮށްފައެވެ.

މި ވާހަކަތަކަށް ރައްދެއްވާ މިނިސްޓަރު ޝަހީމް ވަނީ މި ވާހަކަތައް ދޮގު ކުރައްވާފައެވެ. ޒަމާނުއްސުރެ ރާއްޖޭގެ ސަރުކާރުގެ ބޭނުމަށް ޖާގަތަކެއް ހާއްސަކޮށްފައި ހުންނަ ކަމަށާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް އުފެދުމުގެ ކުރިންވެސް ކަން އޮތީ އެހެންކަމަށް ވިދާޅުވިއެވެ. މި އަހަރަކީ މުޅިން އަލަށް ސީދާ އެއްހާސް މީހުންނަށްވުރެ ގިނަ މީހުންނަށް ހައްޖު ކިޔު އިން ޖާގަ ލިބުނު އަހަރުކަން މިނިސްޓަރު ފާހަގަކުރިއެވެ. އެހެން ނޫނީ ކިޔު އިން ޖާގަ އިންނާނީ 700 އެއްހާ މީހުންނަށްކަންވެސް ފާހަގަކުރެއްވިއެވެ.

މި އަހަރު ޖުމްލަ 1،150 މީހުން ރާއްޖެއިން ހައްޖަށްދާނެކަން ހާމަކުރައްވާ ޝަހީމް ވިދާޅުވީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރެވުނު ބުރަ މަސައްކަތެއްކަމަށެވެ. 2022 ވަނަ އަހަރު ހައްޖަށް ދިޔައީ ޖުމްލަ 400 މީހުން ކަމަށާއި އޭގެ ކުރީ ދެ އަހަރު ކޮވިޑްގެ ސަބަބުން މީހުން ހައްޖަށް ނުދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ ހައްޖު ކިޔު ދިގުވެފައި އެ އޮތީ ކޮވިޑްއާ ގުޅިގެން ތިން އަހަރު މީހުންނަށް ހައްޖަށް ނުދެވުމުގެ ސަބަބުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަގީގަތާއި ދެކޮޅަށް، މުއައްސަސާތަކުގެ އަގު ވައްޓާލުން މިނިސްޓަރު ފާހަގަކުރެއްވީ ”ދެރަވަރު ކަމެއް“ ގެ ގޮތުގައެވެ. ހައްޖު ކޯޕަރޭޝަނަކީ އިސްލާމީ ދުނިޔޭގެ ހައްޖު އިދާރާގެ ތެރެއިން ފާހަގަކޮށްލެވޭ ރަނގަޅު އިދާރާއެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމާއިމެދު ދިވެހިން އުފާކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. ކޮންމެ މީހަކުވެސް ލާރި ދެއްކުމުން ޖާގަ ކަށަވަރުވާނެ ކަމަށާއި ހައްޖަށްދެވޭ އަހަރު ކަށަވަރުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބައެއް ގައުމުތަކުގައި ހައްޖަށްދާ އެންމެން ހޮވަނީ ގުރުއަތުންކަމަށާއި، އެއްވެސް މީހަކަށް ޔަގީންކަން ނޯންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަރުޟު ހައްޖު އަދާކުރަން ބޭނުންވާ މީހުންނަށް އިސްކަން ދޭނެ ކަމަށާއި ހައްޖު ކޮށްފައި ހުންނަ މީހަކަށް ސައުދީގައި އޮންނަ ގޮތަށް ފަސް އަހަރު ފަހުން ނޫނީ އަލުން ނުދެވޭ ގޮތަށް ހެދުމަކީ ބައެއް ގައުމުތަކުގައި ކުރާ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ދަޢުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް ފޮނުވާ 1000 ފަޤީރުންގެ ތެރެއިން 1445 ވަނަ އަހަރު ޙައްޖަށް ފޮނުވާ 50 ފަޤީރުން މިހާރު ވަނީ ފުރާފައެވެ.

50 މީހުން ހޮވާފައިވާނީ އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ގެންދެވުނު ލައިވް އިވެންޓެއްގައި ގުރުއަތުލުމަކުންނެވެ. ޖުމްލަ 60 މީހުންގެ ގުރުއަތެއް އެދުވަހު ނަގާފައިވާއިރު، އެއީ 1445 ވަނަ އަހަރު ޙައްޖަށް ދާން ގުރުއަތުން ހޮވުނު 50 (ފަންސާސް) ފަރާތާއި ގުރުއަތުން ހޮވޭ ފަރާތަކުގެ ތެރެއިން އެއްވެސް ސަބަބަކާއި ހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، ޖާގަ ދޭނެ އިތުރު 10 (ދިހަ) ފަރާތެއް ހިމެނޭ ގޮތަށެވެ.

ފުރަތަމަ ޖާގަ ލިބުނު 50 ފަރާތުގެ ތެރެއިން އުޒުރުވެރިވެގެން 10 ފަރާތުން ވަނީ ޖާގަ މިއަހަރަށް ދޫކޮށްލާފައެވެ. އެހެންކަމުން ލިސްޓްގެ ތަރުތީބުން ރިޒާވް ލިސްޓުގައި ތިބި 10 ފަރާތަށް އެ ފުރުސަތު ވަނީ ދެވިފައިކަމަށް މިނިސްޓްރީއިން ބުނިއެވެ.

މި 50 ފަރާތްތަކުގެ ތެރެއިން އަތޮޅުތެރޭ ތިބި ފަރާތްތައް މާލެ ގެނައުމާއި ކެއުމާ ބުއިމުގެ ޚަރަދު އަދި ޙައްޖު ދަތުރު ނިމި އެބުރި ރަށަށް ފޮނުވުމުގެ ޚަރަދު ދަޢުލަތުގެ ފަރާތުން މިހާރުވާނީ ހަމަޖައްސާފައެވެ.

1 މެއި 2024 ގައި ފުރި ފުރަތަމަ ފްލައިޓުގައި މި 50 ފަރާތުގެ ތެރެއިން 01 ފަރާތް އަދި 03 ޖޫން 2024 ގައި ފުރި ދެވަނަ ފްލައިޓުން 01 ފަރާތާއެކު ޖުމްލަ 02 ފަރާތެއް މިހާރު ތިބީ ސަޢުދީ ޢަރަބިއްޔާގައެވެ.

ބާކީ ތިބި 48 ޙައްޖުވެރިން ފުރީ 07 ޖޫން 2024 ވާ ހުކުރު ދުވަހު ފުރާ މޯލްޑިވސް ޙައްޖު ކޯޕަރޭޝަނުގެ ތިންވަނަ ފްލައިޓުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: