ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އަޅާލުން“ ކެމްޕޭންގެ ދަށުން ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ 10 ފަރާތަކަށް އެހީ ފޯރުކޮށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅާ ”އަޅާލުން“ ކެމްޕޭންގެ ދަށުން ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ 10 ފަރާތަކަށް ބްރިޖިންގ ދަ ކޮމިއުނިޓީސް އޮފް ދަ މޯލްޑިވްސްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެހީތެރިކަން ފޯރުކޮށްދިން މީހުންގެ ތެރޭގައި ހިމެނެނީ ޤާނޫނީ އެހީތެރިކަން ބޭނުންވާ 6 އަންހެނަކާއި ޞިއްޙީ ޚިދުމަތް ހޯދުމުގައި އިދާރީގޮތުން ގޮންޖެހުންތަކެއް ހުރެ އެހީތެރިކަމަށް އެދުނު 3 އަންހެނަކާއި ނުކުޅެދުންތެރިކަން ހުރި ކުޑަ ކުއްޖެކެވެ. އެ ގޮތުން ޤާނޫނީ އެހީތެރިކަން ބޭނުންވާ 6 އަންހެނުންގެ ތެރެއިން 2 އަންހެނަކަށް ޝަރުޢީ މަރުޙަލާގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ. އަދި 4 އަންހެނަކަށް ޤާނޫނީ ލަފާ ފޯރުކޮށްދެވިފައިވެއެވެ. މި 6 މައްސަލައިގައި ހިމެނެނީ ގެވެށި އަނިޔާއާއި ވަރި އަދި ޙަޟާނާތާ ގުޅުންހުރި މައްސަލަތަކެވެ.

”އަޅާލުން“ ކެމްޕޭނަކީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް އިފުތިތާހުކޮށްދެއްވި ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ބްރިޖިންގ ދަ ކޮމިއުނިޓީސް އޮފް މޯލްޑިވްސްގެ އެހީތެރިކަމަށް އެދޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ، އަނިޔާ ލިބެމުންދާ އަދި ރައްކާތެރިކަން ބޭނުންވާ އަންހެނުންނަށް އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ހިލޭ ހަމަޖައްސައިދިނުމާއި، ޤާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމާއި، ކައުންސިލިންގގެ ޚިދުމަތް ހިލޭ ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ވަކި ޖިންސެއްގެ މީހަކަށް ވީތީ ލިބޭ އަނިޔާއާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަސައްކަތްތަކެއް ވެސް ކުރެވިފައިވެއެވެ. އެ ގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމުގައިވާ އެކްސްއާއި، ފޭސްބުކް އަދި އިންސްޓަރގްރާމް މެދުވެރިކޮށް ގަވާއިދުން މަޢުލޫމާތު ޙިއްޞާކުރުމާއި، ޓީވީ އަދި ރޭޑިއޯގެ ވަސީލަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: