ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ހިންގުމުގައި ސިވިލް ސާވިސްގެ އެހީތެރިކަން ބޭނުންވޭ: ނައިބު ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގުމުގައި ސިވިލް ސަރވިސްއިން މުހިންމު ދައުރެއް އަދާކުރާކަމަށާއި ސިވިލް ސަވިސްގެ އެހީތެރިކަމާ އެއްބާރުލުން ސަރުކާރަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

4 ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބުރައީސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ވަރަށް ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއި ކަމަށް ކަމޭ ހިތުމާއެކު އަދާކުރަންޖެހޭ ވަރަށްބުރަ ޒިންމާއެއްކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ހިދުމަތްދިނުމުގައި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކުވެސް ހިނިތުންވުމާއި އޯގާތެރިކަން އިސްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު ޒަމާނާ ގުޅޭގޮތަށް ޚިދުމަތްތައް ބައްޓަން ކުރެއްވުމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ޚިދުމަތް ދިނުން ފަދަ ކިޔޫގައި ޖެހެން ނުޖެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޙައްލު ހޯދެން ހުރި ކަންކަމަށް ހައްލު ހޯދުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިދުމަތަކަށް ރައްޔިތަކު ދާއިރު އިސްތިގުބާލުކުރަން ތިބޭނީ ސިވިލް ސާވިސް މުވައްޒަފަކު. ރައްޔިތުންގެ އަޑު އަހަން، ސުވާލުތަކަށް ޖަވާބުދާރީވާން، ކަންކަން ފަހިކޮސްދޭން، ހަލުވިކޮށްދޭން، މަގުފަހިކޮށްދޭން ތިބޭނީ ހަމަ ސިވިލް ސާވިސް މުވައްޒަފުން

ނައިބު ރައީސް ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަން މިއަދާ ހަމަޔަށް އައި އިރު ފެންނަނީ ޒަމާނާ ގުޅޭ، ވަރަށް ހެޔޮ ބަދަލުތަކަކާއެކު އޮތް މިނިވަން މުއައްސަސާއެއް ގޮތުގައި ކަމަށެވެ. އަދި މިދިޔަ 17 ވަރަކަސް އަހަރުގެ ރާސްތާއިން ފެންނަމުންދަނީ ހިދުމަތްތެރިން ބިނާ ކުރުމާއި، ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގައި ވަރަށް ކާމިޔާބު، ވަރަށް އީޖާބީ މަސައްކަތްތަކެއް ދިވެހި ސިވިސް ސާވިސުން ކުރައްވާފައިވާ ތަން ކަމަށެވެ.

”ސްމާރޓް ގަވަރނަންސް ފޯރ ސިވިލް ސަރވިސް އެކްސެލެންސް“ މި ތީމުގެ ދަށުން މިއަދު ފެށި 4 ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސްގައި ޖުމްލަ 3 ދާއިރާއަކުން 15 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 250 އަށްވުރެ ގިނަ ބައިވެރިވެރިން މި ކޮންފަރެންސްގައި ބައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: