ނިއުޔޯކުގައި ބެލެނިވެރިންނަށް ދަރިންގެ ސޯޝަލްމީޑިއާ ޕޯސްޓުތައް ރެގިއުލޭޓުކުރުމުގެ ބާރު ލިބިގެންދާ ގާނޫނެއް ފާސްކޮށްފިއެވެ،.
ބައިނަލްއަގުވާމީ މީޑީއާތަކުން ރިޕޯޓުކުރާގޮތުން އެމެރިކާގެ ނިއުޔޯކްގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ މި ގާނޫނުގެ ދަށުން ބެލެނިވެރިންނަށް ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގެ އަލްގަރިދަމްއިން އިން ދަރިންނަށް ޕޯސްޓުތައް ނޭދެވޭ ޕޯސްޓުތައް ދެއްކުން ހުއްޓުވުމަށް ބާރު ލިބިގެންދާކަމަށެވެ. ބެލެނިވެރިން މިކަމަށް އެދި ގޮވާލަމުންދިޔައީ ޕޯސްޓުތައް އެޑިކްޓިވްކަމަށް ބުނެ ކަމަށްވާއިރު މަސްރަހު ދިރާސާކުރާ ބައެއް މީހުން އެކަމާއި ދެކޮޅު ހަދާކަންވެސް މީޑިއާތަކުން ފާޙަގަކުރެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި ގާނޫނު ތަންފީޒުކުރަން ފަށާނެކަމަށް ބެލެވޭކަމަށް ރިޕޯޓުތަކުގައިވާއިރު ޒުވާން ޖީލުތަކުގެ ތެރޭގައި ސޯޝަލްމީޑިއާ ބޭނުންކުރަމުންދާ މިންގަނޑުތައް އިތުރުވަމުންދާކަމުގެ ކަންބޮޑުވުން އޮތްކަމަށްވުމުންވެސް ގާނޫނުހަދާ ފަރާތްތަކުންދަނީ މި ދާއިރާގެ ކަންކަން އުސޫލެއްގެ ތެރެއަށް ފައްތައި ރެގިއުލޭޓްކުރުމަށްޓަކައި މަސައްކަތްކުރަމުންކަމަށްވެސް ބުނެފައިވެއެވެ.
އަމަލުކުރަން ފެށުމުން މި ބިލުގެ ދަށުން 18 އަހަރުން ދަށުގެ މީހުންނަށް ބަލަން ރަނގަޅުވާނެކަމަށް ބުނެ ޕޯސްޓުތައް ދެއްކުން ހުއްޓުވޭނެކަމަށް ބުނެފައިވާއިރު، ކުދިންނަށް ފެންނާނީ ހަމައެކަނި އެ މީހުން ފޮލޯ ކުރާ އެކައުންޓުތަކުން ހިއްސާކުރާ މައުލޫމާތުތައްކަމަށާއި ބެލެނިވެރިންގެ ހުއްދައެއް އޮތްނަމަ ހުރަހެއް ނެތި ބެލުމަށްވެސް ގާނޫނީގޮތުން ފުރުސަތު އޮތްކަމަށް ބުނެފައިވެއެވެ.
މި ގާނޫނުގެ ދަށުން ބެލެނިވެރިންގެ ހުއްދައެއް ނެތި ދަންވަރު ބާރަ އާއި ހެނދުނު ހަޔަކާއި ދެމެދު ކުދިންނަށް ނޮޓިފިކޭޝަން އައުންވެސް މަނާކުރެވިގެންދާނެކަމަށް ރިޕޯޓުތަކުގައިވާއިރު މިހާރު މިކަން ކުރެވޭނެ އެކަށީގެންވާ ގޮތެއް ބެލުމަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަވާލުކުރެވިފައިވާކަމަށާއި ބައެއް ގަވައިދުތައް އެކުލަވާލެވިގެންދާތާ 180 ދުވަހުގެ ތެރޭގައި ތަސްދީގުކުރާނެކަމަށްވެސް މީޑިއާތަކުގެ ރިޕޯޓުތަކުގައިވެއެވެ.

