ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަށު ކޯޓުތަކުގެ ފަނޑިޔާރުން ވެސް ޝަރީއަތުގައި ގައުން ލާންޖެހޭ ގޮތަށް އުސޫލު ހަމަޖައްސައިފި

ފަނޑިޔާރުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދަށު ކޯޓުގެ ފަނޑިޔާރުން ވެސް ޝަރީއަތްތައް ކުރުމުގައި ގައުން ލާން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ފަނޑިޔާރުންގެ ތެރެއިން ގައުން ލާން ޖެހެނީ، މިހާރުގެ އުސޫލު އޮންނަ ގޮތުން ހައިކޯޓާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެކަންޏެވެ. އަދި ދަށު ކޯޓުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ތިއްބަވަނީ ކަޅު ކުލަ، ނުވަތަ ގަދަ ނޫކުލައިގެ ކޯޓު ފަޓްލޫނުގަ އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާސްކުރި ”ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުސޫލު“ އަށް މިއަދުން ފެށިގެން އަމަލު ކުރަން ޖެހޭނެ އެވެ.

މި އުސޫލުގެ ބޭނުމެއްކަމަށް ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ވަނީ ޝަރީއަތުގެ މަޖިލީހުގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ޑްރެސް ކޯޑެއް ކަނޑައެޅުމާއި އެ ޑްރެސްކޯޑު ދަށު ކޯޓުގެ ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާ ބެހޭ އުސޫލުތައް ބަޔާންކުރުމެވެ.

ޝަރީއަތުގެ މަޖިލީހުގެ ޑްރެސްކޯޑުގެ ދަށުން ލާން ޖެހޭ ގައުންގެ ނަމޫނާ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާންމު ކުރަން ޖެހޭނެ އެވެ. އަދި އުސޫލަށް އަމަލު ކުރަން ފަށާއިރު ފަނޑިޔާރުންނަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ގައުން ފޯރުކޮށްދިނުމަށް ވެސް ސުޕްރީމް ކޯޓުގެ އުސޫލުގައި ވެއެވެ. އަދި ކޮންމެ ދެ އަހަރަކުން ފަނޑިޔާރުންނަށް ގައުން ފޯރުކޮށްދޭން ޖެހޭއިރު، ގައުން ޑްރައި ކްލީންކޮށް ބެލެހެއްޓުމުގެ ޒިންމާ އޮތީ ފަނޑިޔާރުންނަށްކަން ވެސް އުސޫލުގައި ވަނީ ފާހަގަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: