ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން ލިޔުމުން އަންގަން އަމުރެއް ނެރެފި

ހަންބޯ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތައް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި އިމާރާތް ކުރާ ކޭޕާކް އެޕާޓްމަންޓުތައް ނިންމަން ހަވާލުކުރި މުއްދަތުގެ ތެރޭގައި އެ މަޝްރޫއު ނިމިފައި ނުވަތީ އެކަމާ މެދު އެޗްޑީސީ އެއްވެސް ފިޔަވަޅެއް އަޅާފައިވާނަމަ ލިއުމުން އެކަން އަންގަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކޭޕާކް އެޕާޓްމަންޓުތަކުގެ މައްސަލައިގައި ސިވިލް ކޯޓަށް އާންމުންގެ މީހަކު ހުށަހާފައި ވަނީ އިމާރާތުގެ މަސައްކަތް ހަންބޯ ކުންފުންޏަށް ހަވާލުކުރި އެއްބަސްވުމާ ޕްރޮޖެކްޓުގެ އެއްވެސް ސެކިއުރިޓީއެއް ހުށަހަޅާފައިވާނަމަ އެ ލިއުން ހޯދުމަށެވެ. އަދި ހަންބޯ ކުންފުންޏާއެކު ވި އެއްބަސްވުމުގެ ދަށުން ތަންފީޒު ކުރުމުގެ ކަންކަމަށް ނޯ އޮބްޖެކްޝަން ދީފައިވާނަމަ އެކަން ވެސް ވެސް އެނގޭނެފަދަ ލިއުމެއް ދޭން އޭނާ ހުށަހެޅި މައްސަލައިގައި ވެއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ، ދައުވާ ހުށަހެޅި މީހާ އެދުނު ގޮތަށް ހުރިހާ ލިއުމެއް ވެސް 14 ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށެވެ. އަދި އެ ލިއުންތަކާއި އެކު ދައުވާ ހުށަހެޅުމަށް އަންނަ މަހުގެ ނިޔަލަށް މުއްދަތު ވަނީ ދީފަ އެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ދައުވާ ކުރަން ހުށަނާޅާނަމަ، ފަސް ދުވަހުގެ ތެރޭގައި ލިއުންތައް އެޗްޑީސީއަށް ރައްދު ކުރަން ޖެހޭނެކަމަށް އަމުރުގައި ވެއެވެ.

ކޭޕާކް ރެސިޑެންސް އިމާރާތުގެ ފްލެޓްތައް ނުއަގުގައި އާއްމުންނަށް ވިއްކައި އެފައިސާ ބޭނުންކޮށްގެން ނާޖައިޒު މަންފާ ނެގިކަމުގެ ތުހުމަތުގައި ކޭޕާކް ރެސިޑެންސްގެ މައްސަލައިގައި ދިވެހި ހިއްސާދާރު ހަސަން މަމްދޫހު ދިރިއުޅޭގެ ވެސް ބަލާ ފާސްކުރި އެވެ. އަދި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ އަދަދު 200 އަށް އަރައެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ކޭޕާކް ރެސިޑެންސްގެ ފްލެޓުތަކުގެ މައްސަލަ ފެންމަތިވީ ފަހުން، އެންމެ ބޮޑަށް މީޑިއާތަކުގައި ފެންމަތިވީ މަންޑޭގެ އަގުބޮޑު ދިރިއުޅުމާއި ގުޅޭގޮތުންނެވެ. އެގޮތުން އޭނާގެ ހާލަތާއި ނުބައްދަލު މުއްސަނދިކަމާއި އެކު، ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ކުރާ ދަތުރުތަކާއި އަދި އަގުބޮޑެތި ހޮޓެލްތަކުގައި މަޑުކުރުން އަދި އޭނާ ދިރިއުޅެން ގަނެފައިވާ ޕެންޓް ހައުސްގައި މަޝްހޫރު އަގުބޮޑު ބްރޭންޑުގެ ސާމާނުތައް ހުރުން ފާހާގަކުރެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: