ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯދީ ބޮޑުވަޒީރުކަމުގެ ހުވާކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އާންމު އިންތިހާބު ކޯލިޝަނުގެ އެހީގައި ކާމިޔާބު ކުރި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރައްވައިފި އެވެ.

ރިޔާސީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތުގައި މޯދީ ސަރުކާރުގެ ކެބިނެޓު ވެސް ވަނީ އެކުލަވާލާފަ އެވެ.

ވަރުގަދަ ސެކިއުރިޓީއަކާއި އެކު ބޭއްވި މި ރަސްމިއްޔާތުގައި، އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ވެރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާއާއި، ސްރީލަންކާގެ ރައީސް ރަނިން ވިކްރަމަ ސިންހާގެ އިތުރުން ބޫޓާނާއި ނޭޕާލްގެ ސަރުކާރުގެ އިސްބޭފުޅުން ވެސް ބައިވެރިވި އެވެ.

ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ހުންނެވީ އެ ގައުމުގަ އެވެ.

އިންތިހާބުން މޮޅުވިކަން އިއުލާނު ކުރަމުން މޯދީ ވިދާޅުވި ގޮތުގައި މިއީ ވަރަށް ކާމިޔާބު އުފާވެރި ދުވަހެއްކަމަށާއި ބީޖޭޕީގެ ކޯލިޝަން ނެޝިނަލް ޑިމޮކްރެޓިކް އެލައިއެންސްއިން ތިން ވަނަ ދައުރަކަށް ސަރުކާރެއް އެކުލަވާލާނެކަމަށާއި އެކަމަށްޓަކައި ރައްޔިތުނަށް ޝުކުރުވެރިވާކަމަށް ބުނެފައިވެއެވެ. އޭނާ މި ވާހަކަތައް ދެއްކެވީ ނިއުދިއްލީގައި ހުންނަ ބީޖޭޕީގެ ހެޑްކުއާޓާރޒްގައި ސަޕޯޓަރުންނާއި މުހާތަބުކުރައްވާކަމަށްވެސް ޝާއިއުކޮށްފައިވެއެވެ. މޯދީ ވިދާޅުވީ އެ ޕާޓީގެ ކާމިޔާބީއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީއަށް ލިބިފައިވާ ކާމިޔާބީއެއްކަމަށެވެ.

ބޮޑުވަޒީރު މޯދީ ވިދާޅުވީ، އިންޑިއާއިން  ބޮޑެތި ނިންމުންތަކެއް ނިންމުމުގެ އައު ސަފުހާއެއް ފެށިފައިވާކަމަށެވެ. އަދި އޭނާވަނީ އިންތިހާބީ މަސައްކަތްތަކުގެ ފުރިހަމަކަމަށް ތައުރީފުކުރައްވާފައިކަމަށްވެސް މީޑިއާތަކުން ބުނެފައިވާއިރު، ތިންވަނަ ދައުރަކަށް އެންޑޯސްކޮށްފައިވާކަމަށްޓަކައި އޭނާވަނީ ވޯޓު ދެއްވި ފަރާތްތަކަށް ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: