ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ދައުރުގެ އެމްޑީޕީގެ ކޮންމެ މެމްބަރަކީ ސަރުކާރުން ކުރިި ކޮންމެ ގޯހެއްގެ ހިއްސާއެއް: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު
ޝެއާރކޮށްލާ ކަހަލަދޯ؟

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކޮންމެ މެމްބަރަކީ ސަރުކާރުން ކުރިި ކޮންމެ ގޯހެއްގެ ހިއްސާއެއް ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު މަމްދޫހު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކޮންމެ މެންބަރަކީ ރާއްޖެ މިއޮތް ހާލަތުގެ ޒިންމާ އޭރުގެ ސަރުކާރާއި އެކީގައި  ނަގަންޖެހޭ މެމްބަރުން ކަމަށެވެ.

”އެއީ ސަރުކާރު ގޯސް މިސްރާބަކަށް ދިޔައިރު އެބޭފުޅުން ތިބީ އެކަން ކަމަށް ހަގީގަތުގައި ބެކް ކުރަން. ކޮންމެ ކަމެއް ކުރި އިރުވެސް. މިސާލަކަށް ފައިސާ ޗާޕުކުރުން ކަމަށްބެލިޔަސް އިގްތިސާދީ ގޮތުން ރާއްޖެ މިދާ ގޯސް މިސްރާބު ދުނިޔޭގެ ހުރިހާ ގައުމުތަކަކުންހެން ބުނަމުން ކިޔަމުން ދިޔައިރު، އަދި އޭރުގެ އިދިކޮޅު ފަރާތްތައް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ބުނަމުން ދިޔައިރު އެމްޑީޕީގެ މަޖިލީސް މެމްބަރުން ދިޔައީ ހުރިހާ ކަމަކަށް ދިޔައީ ފަސްއަޅައި ފޮރުވަމުން“

މަމްދޫހު ވިދާޅުވީ ފައިސާ ޗާޕްކުރުމަކީ ރާއްޖޭގެ އިގްތިސާދު ދަށްވި އެއްސަބަބު ކަމަށެވެ. ފައިސާ ޗާޕްކުރަން ދިނީ ގާތް ގަނޑަކަށް 4.1 ބިލިއަން ރުފިޔާ ކަމަށާއި އެހެން ނަމަވެސް ސަރުކާރު ނިންމާލީ 8 ބިލިއަން ޗާޕުކޮށްގެން ކަމަށް މަންދޫހު ވިދާޅުވިއެވެ.

މީގެއިތުރުން މަމްދޫހު ވިދާޅުވީ އެންޓިޑިފެކްޝަން ގާނޫނުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިކަމަށެވެ. އެހެންނަމަވެސް ޖުމްލަކޮށް ބުނާނަމަ އެއީ ރަނގަޅު ގާނޫނެއްކަމަށް މަމްދޫހު ވިދާޅުވިއެވެ. އެންޓިޑިފެކްޝަން ގާނޫނަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިމަތި ވުމާއެކު އެމްޑީޕީއަށް އެ އިންތިހާބު ކާމިޔާބު ވާނެ ކަމަށް ބަލައިގެން ގެނައި ގާނޫނެއް ކަމަށް މަމްދޫހު ވިދާޅުވިއެވެ.

”އެބޭފުޅުން ތަފާތު ހިސާބުތަކެއް ސޯޝިއަލް މީޑިއާގަ އެކި ޕްލެޓް ފޯމުތަކުގައި ހަމަ ދައްކަމުން ކިޔަމުން ދިޔައީ. އެކަމަކު ރައްޔިތުން ދެއްތޯ ގޮތް ނިންމާނީ. އެހެންވީމަ ރައްޔިތުން އެއޮތީ ގޮތް ނިންމާފަ. އެބޭފުޅުންނަށް ދިން ސުޕަރ މެޖޯރިޓީގެ ބޭނުން ހިފީ ދިވެހިރާއްޖެ ގޯސް މަގަކަށް ގޯސް މިސްރާބަކަށް ސަރުކާރާއި އެކީ ގެންދަން“

މަމްދޫހު ވިދާޅުވީ އެމްޑީޕީން ހަގީގަތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ދައުރުގެ އެންމެ ފަހުކޮޅު އެންޓިޑިފެކްޝަން ބިލު މަޖިލީހަށް ވައްދާ ފާސްކުރީ، އޭރު 20 ވަނަ މަޖިލިސް ކާމިޔާބު ކުރެވޭނެ ކަމަށް އެބޭފުޅުންނަށް ގަބޫލުކުރެވިފައިވާތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: