މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ( އެމް.ޓީ.ސީ.ސީ )ގެ ޙާއްސަ އާންމު ޖަލްސާ ބާއްވައިފި އެވެ.
އެމްޓީސީސީއަށް 2022 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ހަތަރު ރުފިޔާ އަލުން ބަހަން ފާސްކޮށްފި އެވެ.
އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓީން (އޭޖީއެމް) ގައި އެމްޓީސީސީ ނިންމާފައި ވަނީ، ހިއްސާގެ ފޭސް ވެލިއު 5 ރުފިޔާ އަދި ޑިވިޑެންޑަށް 4 ރުފިޔާ އެވެ. އެއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 50 ލާރި އިތުރު އަދަދެކެވެ.
އޮންލައިން ޕޯޓަލް ފަހި ޕޭ މެދުވެރިކޮށް، އޭޖީއެމް ކުރިޔަށް ގެންދިޔައީ 47 ހިއްސާދާރުންނާ އެކު އެވެ.
މި ނިންމެވުމަކީ ކުރީގެ ޑިރެކްޓަރުންގެ ބޯޑުގެ ރިޔާސަތުން ވިދާޅުވެފައި އޮތް ނިންމެވުމެއް ކަމަށާއި އަދި ކުންފުނީގެ މިހާރުގެ ޑިރެކްޓަރުންގެ ބޯޑުން އެނިންމެވުމަށް އިޙްތިރާމްކޮށް، ޙިއްޞާދާރުންގެ ޙިއްޞާގެ ފައިދާއަށްވާ ފައިސާ ދިނުމުގެ ގޮތުން އާންމު ޖަލްސާއަށް ހުށަހެޅި އައިޓަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެމްޓީސީސީ ޙިއްޞާދާރުންނަށް ޚިދުމަތް ކުރުމުގައި، ޑިރެކްޓަރުންގެ ބޯޑުންނާއި، ކުންފުނީގެ މެނޭޖްމަންޓުން، ސާބިތުކަމާއެކު ދެމި ތިބޭނެކަމުގެ ޔަޤީންކަން މިޖަލްސާގައި ކުންފުނީގެ ބޯޑުގެ ޗެއަރމަން ވަނީ ޙިއްޞާދާރުންނަށް އަރުވާފައެވެ.

