ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްޠީނާއެކު ދިވެހިން ތެލެތޯންއަށް ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭ: މިނިސްޓަރ

މިއަދު ފެނިގެންދަނީ ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރާތަން: މިނިސްޓަރ އާދަމް ޝަރީފު އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގައި އެކި ފިކުރު މީހުން ތިބި ނަމަވެސް މިއަދު ފެނިގެންދަނީ ކައުންސިލްތަކުން ގުޅިގެން މަސައްކަތް ކުރާތަންކަމަށް މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ މިނިސްޓަރ އާދަމަ ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓްރ މިހެން ވިދާޅުވީ، ފަލަސްޠީނާއެކު ދިވެހިންގެ ނަމުގައި ކުރިއަށް ގެންދާ މީޑިއާ ޓެލެތޯންގައި ވާހަކަ ދައްކަވަމުން ނެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރު ބަދަލުވެގެން ދިޔައިރުވެސް އަދި އެކި ފިކުރުގެ ބޭފުޅުން ތިއްބެވި ނަމަވެސް ކައުންސިލްތަކުން ސަރުކާރުގެ ސިޔާސަތުތައްކާއި ގުޅިގެން މަސައްކަތް ކުރާ ކަމަށާއި އަދި ޙާއްސަކޮށް މިފަދަ ކަންކަމުގައި ކައުންސިލަރުންގެ ފަރާތުން އެއްބާރުލުންލިބޭކަމަށް ވަނީ ފާހަގަކޮށްފައެވެ.

އަޅުގަނޑުމެންއަށް ކައުންސިލްތައް މިއަދު ފާހަގަކުރެވެނީ..ސަރުކާރު ބަދަލުވުމާއެކުވެސް އެކި ފިކުރުގެ ބޭފުޅުން ތިއްބެވި ނަމަވެސް ސަރުކާރުގެ ސިޔާސަތު ތަކަށް..ޙާއްސަކޮށް މި ބާވަތުގެ ކަންކަމުގައި އަޅުގަނޑުމެނަށް ފެންނަނީ ކައުންސިލްތައް ވަރަށް ފަހި ވަރަށް ގުޅިގެން މަސައްކަތް ކުރާތަން.. އަދި ޙާއްސަކޮށް މި ބާވަތުގެ ކޮންމެ ކަމެއްގައި ރާއްޖޭގެ ރައްޔިތުންގެ ވިސްނުން ހުންނަ ގޮތަކީ.. އެއީ ކައުންސިލްތައް އޭގައި ތަމްސީލުކުރާ ގޮތްކަމަށްވާތީ މި ކަން ކަމުގައި ވަރަށް ބޮޑަށް ކައުންސިލްތަކުގެ އެއްބާރުލުން ލިބޭ އަދި ޤަބޫލުކުރެވޭނީ މި ކަންކަމުގައި، ރައްރަށުގެ ރައްޔިތުންގެ ވިންދު ހުންނަގޮތް އެނގެމުންދާތީވެސް ކައުންސިލްތަކުން މިކަންކަމާ އިތުރު އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، މިފަދަ ހަރާކާތްތަށް ކުރިއަށް ގެންދެވުމަށް ހުރިހާ ބޭފުޅުންނަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެހެން ނަމަވެސް މިނިސްޓްރީން މަސައްކަތް ކުރެވިގެން ދަނީ ކައުންސިލްތަކާއި ގުޅިގެން އެކުގައި ސިސްޓަމެޓިކްކޮށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މުޅި ރާއްޖެ 7 ކްލެސްޓާއަކަށް ބަހާލެވިފައިވާއިރު، އެ 7 ކްލެސްޓާރ ބަލަހައްޓަވާނެ ވެރިން ތިއްބަވާނެ ކަމަށާއި އޭގެ އިތުރުން ކޮންމެ އަތޮޅެއް ބަލަހައްޓަވަން ތިއްބަވާނެކަމަށް ވިދާޅުވިއެވެ.

 ކޮންމެ އަތޮޅަކާއި މި ވަގުތުވެސް ގުޅުއްވަމުން ގެންދަވާނެ އަޅުގަނޑު މިނިސްޓްރީގެ ބޭފުޅުން..ރަށްރަށުގައި މި ހަރަކާތްތައް ގެންދަވަނީ ކިހިނެއްތޯ..ކައުންސިލްތަކުން މި ކަމުގައި ބައިވެރިވުމާއި ކައުންސިލްތަކުން މިކަން ކުރިއަށް ގެންދިއުމުގައި ކިހާ ވަރެއްގެ މަސައްކަތްރަކެއް ކުރެވޭތޯ.

އާދަމް ޝަރީފް ވިދާޅުވީ، ޓެލެތޯންއަށް ރަށު ކައުންސިލްތަކުންވެސް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށާއި އެގޮތުން ފަންޑު ފޮށި ބެހެއްޓުމާއި ފައިސާ ޖަމާކުރުމުގެ އިންތިޒާމްތައް ކައުންސިލްތަކުން ރަށްރަށުގައި ހަމަޖައްސާފައިވާކަމަށެވެ. އަދި ވިދާޅުވީ ފަލަސްޠީނުގެ ޙައްޤުޤައި ދިވެހި ސަރުކާރުން ހިންގާއި މިފަދަ ހަރަކާތް ތަކުގައި ކައުންސިލްތަކުގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށެވެ. އަދި މި ތެލެތޯން އަކީ ވަރަށް ބޮޑަށް ދެފުށްފެންނަ ގޮތަކަށް ރާވާފައިވާ ކަމެއް ކަމަށާއި ޓެލެތޯން މެދުވެރިކޮށް ލިބޭ ފައިސާ ސީދާ ފަލަސްޠީނުގެ މުސްލިމުންނަށް ދެވޭކަން ކަށަވަރުވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފަލަސްޠީނުގެ މުސްލިމުންނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ތަނުގެ ރަށްޔިތުން ތަޙައްމަލް ކުރަމުންދާ ވޭނުގައި ދިވެހިން އަބަދުވެސް ބައިވެރިވާކަމަށް މިނިސްޓަރ ފާހަގަކޮށްފައެވެ. އަދި އެ ބޭފުޅުން ތަޙައްމަލު ކުރަމުންދާ ވޭނާއި ކެކުޅުމުގެ އަސަރުތައް ދިވެހި ކޮންމެ ރައްޔިތެއްގެ ހިތަށްވެސް ކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: