ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމެއް ކުރިމަތީ ކުޑަކަކޫ ޖަހާ ވަރަށްވުރެ، ދިވެހިން ވަރުގަދަ: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކާބޯތަކެއްޗާއި، ކާޑުގެ ބާވަތްތައް ލިބެން އޮތީ ހަމައެކަނި އިންޑިއާއިންކަމަށް ދެއްކުމަށް މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ދިވެހިންނަކީ އެއަށް ވުރެ ވަރުގަދަ އަމިއްލަވަންތަކަމެއް އޮތް މިނިވަން ގައުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި މަމްދޫހު ވިދާޅުވީ ކޮންގްރެސް ކޯލިޝަނުން ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ވަކާލާތު ކުރީ، ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓަރީ ސިފައިން ފޮނުވާލުމަށް ކަމަށެވެ. އިންޑިއާ ދެމެދު ކުރީ ސަރުކާރުންވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރައި އޭގެ އަސަރު ކުރުމަކީ އެއްވެސް ރައްޔިތަކު ބޭނުން ވާނެ ގޮތެއް ނޫންކަމަށް މަމްދޫހު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި އެއްބަސްވުންތައް އެކުލަވާލަމުން ދިޔައީ، މަމްދޫހު ވިދާޅުވި ގޮތުގައި ގައުމަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި އަމިއްލަ މަންފާއަށެވެ. އެހެންކަމުން އެ އެގްރިމަންޓުތަކުގެ ހަގީގަތް ހޯދައި، ލިޔެވިފައި ވަނީ ކޮން ވާހަކަތަކެއް ތޯ ދެނެގަތުމަށް މަސައްކަތްތަކެއް ކުރެވުނުކަމަށާއި ގޮވާލަމުން ދިޔައީ އެގޮތަށް އަމަލު ނުކުރުމަށްކަމަށް މަމްދޫހު ވިދާޅުވި އެވެ.

އަޅުގަނޑުމެން ގޮވާލަމުން ދިޔައީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ވަރުގެ އެއްވެސްކަމެއް ނުކުރާށޭ.. މިލިޓަރީ… އިންޑިއާގެ މިލިޓަރީ މިތަނުގައި ބޭސްވެގެން ތިބި، ތިބުން ނިމުމަކަށް ގެނައުމަށް އޭރު ވެސް އަޅުގަނޑުމެން ވަކާލާތު ކުރީ.. އިންޑިއާ އައުޓް، ހަގީގަތުގައި ވެސް އޭގެ މާނައަކީ.. އިންޑިއާގެ މިލިޓަރީ މިތަނުން ބޭރު ކުރުމޭ..

2023 ގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް ފެށުންކަމަށް މަމްދޫހު ވިދާޅުވި އެވެ. އަދި އެ ވައުދާއި އެއްގޮތަށް މަސައްކަތް ކުރެވި، ޕްލެޓްފޯމުތައް އެއްކޮށް ރާއްޖެ ދޫކޮށް މިހާރު ގޮސްފައިވާކަން މެމްބަރު ފާހަގަކުރެއްވި އެވެ.

މަމްދޫހު ވިދާޅުވީ ވެރިކަމުގައި އޮތް ފަސް އަހަރު އެމްޑީޕީން މަސައްކަތް ކުރީ، ދިވެހި ގައުމަށް ކާބޯތަކެތީގެ މުހިންމު ބާވަތްތަކާއި ކާޑު ލިބޭނީ އިންޑިއާއިން އެކަނިކަމަށް ދައްކަން މަސައްކަތް ކުރިކަމަށެވެ. އިންޑިއާގެ ކުރިމަތީ ކުޑަކަކޫ ޖަހައި، ރާއްޖެއަކީ ނިކަމެތި ގައުމެއްކަމަށް ވުން ނޫން ގޮތެއް ނެތްކަމަށް ރައްޔިތުންނަށް ވިސްނައިދޭން ވެސް އެ ޕާޓީގެ މެމްބަރުންނާއި ސަރުކާރުން މަސައްކަތް ކުރިކަމަށް މަމްދޫހު ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިއަދު ސާބިތުކޮށްދެއްވަނީ، އެއްވެސް ގައުމެއްގެ ކުރިމަތީ ކުޑަކަކޫ ނުޖަހައި ގައުމު ހިންގުމަށް ކަމަށާއި ދިވެހިންނަކީ އެއްވެސް ބައެއް ކައިރީ އާދޭސްކޮށް ސަލާން ޖަހަން ޖެހޭ ވަރަށް ވުރެ މިނިވަން ވަރުގަދަ ގައުމެއްކަމަށް މަމްދޫހު ވިދާޅުވި އެވެ.

ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިތޯބު ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ، އެ ދުވަހުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސިޔާދަތީ ރަތް ރޮނގު ހުރަސް ކުރުމުގެ ޖާގަ އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށް އެމަނިކުފާނު ދެންނެވި ކަމަށެވެ.

މިއަދު އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އެ ސާބިތުކޮށް ދެއްވަނީ، އެއްވެސް ގައުމެއްގައި ކުޑަކަކޫ ނުޖަހައި ދިވެހިންނަކީ އެއަށް ވުރެ ވަރުގަދަ ބައެއްކަން.. އަމިއްލަވަންތަކަން.. އަމިއްލަ މިނިވަންކަން ދިވެހިންނަށް ހިފެހެއްޓޭނެކަން.. އަޅުގަނޑުމެންނަށް ރައީސް ހުވާ ކުރެއްވި ދުވަހު އަޑުއިވުނު ހަމަމީ ދިވެހިރާއްޖޭގެ ސިޔާދަތީ ރަތް ރޮނގު، ހުރަސްކުރަން ޖާގަ ނުދެއްވާނެކަން.. އެއްވެސް ގައުމަކަށް ނުދެއްވާ.. އަޅުގަނޑުމެންނަށް ފެންނަނީ ޚާރިޖީ ގުޅުންތައް ދުވަހުން ދުވަހަށް ވަރުގަދަވަމުން ދާތަން..

މަމްދޫހު ވިދާޅުވީ މިއަދު ފެންނަނީ، ގައުމުތަކުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވެގެން ދާ މަންޒަރު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 89%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެހެންވެގެން އެކި މިނިސްޓަރުން އެކި ގައުމުތަކަށް ގޮސް އަދި އިންޑިޔާ އައުޓް ގޮވަގޮވާފަގޮސް އެގައުމުގާވެސް ހަމަ އާދޭސްކޮށް ސަލާން ޖަހަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: