ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބްލިއުއެސްސީ ފަރާތުން ފަލަސްތީން ފަންޑަށް އެއް ލައްކަ ރުފިޔާ!

އެމްޑަބްލިއުއެސްސީގެ ފަރާތުން ފަލަސްތީން ފަންޑަށް އެއް ލައްކަ ރުފިޔާ ހަދިޔާ ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ބާއްވާ ޚާއްޞަ ޓެލެތޯން މިއަދު ފައްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނާއި އެކު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ދައުލަތުގެ އިސް ވަޒީރުންގެ އިތުރުން ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބައިވެރިވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނި އެމްޑަބްލިއުއެސްސީ މީޑިއާތަކުން އިސްނަގައިގެން ކުރިޔަށް ގެންދާ ތެލެތޯންގައި ފަލަސްތީން ފަނޑަށް ހަދިޔާކޮށްފައި ވަނީ އެއްލަކަ ރުފިޔާ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ކުރިޔަށް ގެންދާ މި ތެލެތޯން މިރޭ 12:00 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުގެ ގިނަ ކުންފުނިތަކުން، ތެލެތޯން މެދުވެރިކޮށް ފަލަސްތީނަށް އެހީވުމުގެ ފަންޑަށް ވަނީ ފައިސާ ހަދިޔަކޮށްފަ އެވެ. އެގޮތުން އެމްޑަބްލިއެއެސްސީ ވަނީ އެއްލަކަ ރުފިޔާގެ އެހީގެ ޗެކު މިއަދު ހަވާލުކޮށްފަ އެވެ.

ތެލެތޯންގެ ފަންޑު ފޮށިތައް މާލޭގެ އެހި ސަރަހައްދުތަކުގައި ބަހައްޓާފައިވާއިރު، މި ހަރަކާތަށް ރަށްތަކުގެ ކައުންސިލްގެ ފަރާތުން ވެސް އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާރު ކުރިއަށްވުރެ ބޮޑަށް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާކަމުގައެވެ. އެގޮތުން މުޅި އިސްލާމީ އުންމަތް ޝާމިލުވެގެން ކޮންމެ މުސްލިމެއްގެ ޙައްޤެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ކޮންދެވެން އޮތް ހުރިހާ މަސައްކަތަކާއި ހުރިހާ ކަމެއް ކޮށްދިނުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ހަމައެއާއެކު ”މިއީ ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭކަމެއް“ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، ފަލަސްޠީނަށް އެހީވުމަށް ބާއްވާ ”ފަލަސްޠީނާއެކު ދިވެހީން“ ހާއްސަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް، މިހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާކަން ޔަޤީންކުރުމަށް މިނިވަން އޮޑިޓަރެއް ވަނީ ހަމަޖައްސަވާފައެވެ. މި ޓެލެތޯން ކުރިއަށް ދާނީ މިރޭ 12 ޖެހުމާ ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.

މީގެ އިތުރުން މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: