ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަށިވިއްކައި ޑްރަގް ވިޔަފާރި ކުރި ޓެލެގްރާމް ގުރޫޕް މައްސަލައިގައި ހަައްޔަރު ކުރި މީހުންނަށް ދައުވާ އުފުލައިފި

ފުލުހުން ވަނީ ޖަޒީރާ ޓެލެގްރާމް ހިންގަމުން ދިޔަ ދެ މީހުން ވެސް ހައްޔަރުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެލެގްރާމްގައި އެކި ގުރޫޕް ޗެނަލްތައް ހިންގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ހަށިވިއްކަމުން ދިޔަ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ބޮޑެތި ކުށްތަކަށް އަރައިގަނެ، ”ޖަޒީރާ އެޑްމިން“، ”ޖަޒީރާ ގާލްސް“ އަދި ”ޖަޒީރާ އެސްކޯޓް ގެލެރީ“ އާއި ”ޖަޒީރާ ސްކޭމް އެލާޓްވ ގެ އިތުރުން ”ޖަޒީރާ ލިންކް“ ގެ ނަމުގައި ޓެލެގްރާމްގައި ހިންގަމުން ދިޔަ ގުރޫޕުތަކެއް ފުލުހުން ހިފެހެއްޓީ މިދިޔަ މާޗު މަހު އެވެ.

ބޮޑެތި ކުށްތަކަށް އަރައިގަނެ، ”ޖަޒީރާ އެޑްމިން“، ”ޖަޒީރާ ގާލްސް“ އަދި ”ޖަޒީރާ އެސްކޯޓް ގެލެރީ“ އާއި ”ޖަޒީރާ ސްކޭމް އެލާޓްވ ގެ އިތުރުން ”ޖަޒީރާ ލިންކް“ ގެ ނަމުގައި ޓެލެގްރާމްގައި ހިންގަމުން ދިޔަ ގުރޫޕުތަކެއް ފުލުހުން ހިފެހެއްޓީ މިދިޔަ މަހުގެ 06 ވަނަ ދުވަހު އެވެ.

މައްސަލައިގައި މިއަދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ޓެލެގްރާމް ޗެނަލްތައް އުފައްދައި، މަސްތުވާތަކެތި އިސްތިހާރުކޮށް، މަސްތުވާތަކެތީގެ އެކިބާވަތްތައް ވިޔަފާރިގެ އުސޫލުން ވިއްކުމާއި، ހަށިވިއްކުމަށް ހިތްވަރުދޭ ގޮތަށް އިސްތިހާރުކޮށް، އެފަދަ ކުށްތަކަށް މީހުން އަރައިގަތުމަށް އެ މީހުން ދިޔައީ މަގުފަހި ކުރަމުން ކަމަށެވެ. އަދި ރާއްޖޭގައި އާއްމުކޮށް ވިއްކުން މަނާ ބޭހައި އަދި ބަރަހަނާ މަންޒަރު އެކުލެވޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓް ކުރަމުން ގެންދިޔަ މައްސަލައިގައި ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލައިގައި ހައްޔަރު ކުރި އިބްރާހިމް ރަޝީދުގެ މައްޗަށް އުފުލާފައި ވަނީ ހަޑިހުތުރު އެއްޗެއް ރައްދު ކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އަދި މީހަކު ލައްވައި ހަށިވިއްކުވުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

ނިޝާނީ އަލީއަށް ކުރި ދައުވާތަކަކީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއާއި، ހަޑިހުތުރު އެއްޗެއް ރައްދު ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދޭ އެއްވެސް އެއްޗެއް ލިޔުން ނުވަތަ ކުރެހުން ނުވަތަ ފާޅުކުރުން ނުވަތަ ހާމަކުރުން ނުވަތަ ޝާއިޢުކުރުން ނުވަތަ ޢާންމުންނަށް ދެއްކުމަށްޓަކައި ނެރުން އަދި  އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުން ކުރުމުގެ ދައުވާ އެވެ.

މި ދަޢުވާތަކާ ގުޅިގެން މި ތިންމީހުން ކުށްކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ 9,495,685.55 (ނުވަ މިލިއަން ހަތަރު ލައްކަ ނުވަދިހަ ފަސް ހާސް ހަސަތޭކަ އަށްޑިހަ ފަސް ރުފިޔާ ފަންސާސް ފަސް ލާރި) ދައުލަތަށް ނަގައިދިނުމަށް ޕީޖީން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. އަދި މަނީ ލޯންޑްރިންގގެ ދަޢުވާ ކޮށްފައިވާނީ، މި ފައިސާ އެކި ޢަދަދުތަކުން އެކި އެކައުންޓުތަކުން ދަޢުރުކޮށް ލޯންޑަރކޮށްފައިވާތީކަމަށް ބަޔާނުގައި ވެއެވެ.

ހަޑި ހުތުރު އެއްޗެއް ރައްދުކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާނީ ހަށިވިއްކުމަށްޓަކައި ގެންގުޅޭ މީހުންކަމަށް ބެލެވޭ މީހުންގެ ފޮޓޯ ފޮނުވައި، ހަށިވިއްކުމާއި ގުޅުންހުރި މެސެޖްތައް ކޮށް، އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފޮނުވައި، ހަޑިހުތުރު އެއްޗެއްކަން އެނގިހުރެ، މިތަކެތި ފޮނުވައި ރައްދުކޮށްފައިވާތީއެވެ.

2023 ވަނަ އަހަރުން ފެށިގެން ހިންގަމުން ދިޔަ ޓެލެގްރާމްގެ ފަސް ގުރޫޕެއް ތަހުގީގުކޮށް ހައްޔަރު ކުރީ 28 އަހަރުގެ ފިރިހެނަކާއި، 39 އަންހެނެކެވެ. އަދި މާލޭގެ ސަރަހައްދުން އެ މީހުންނާ ގުޅުން ހުރި ހަތަރުތަނެއް ބަލައި ފާސްކޮށް ބައެއް ހެކި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރި މީހުން ވަނީ އެ މީހުންގެ މަސައްކަތާ ނުބައްދަލު މާލީ ބޮޑެތި މުއާމަލާތްތަކެއް ވެސް ހިންގާފަ އެވެ. ހަށިވިއްކުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއަށް ހާއްސަކޮށްގެން ވަކި ޓެކްސީއެއް ގެންގުޅުނުކަން ތަހުގީގަށް ހޯދިފައިވާތީ އެ މައުލޫމާތު ވެސް ފުލުހުން ދިނެވެ. އެ ޓެކްސީ ބޭނުން ކުރީ ފުލުހުން ބުނެފައިވާ ގޮތުގައި ހަށިވިއްކުމުގެ ބޭނުމަށް ގެނެސްފައި ތިބި މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ ޓެކްސީ ބޭނުން ކުރީ ފުލުހުން ބުނެފައިވާ ގޮތުގައި ހަށިވިއްކުމުގެ ބޭނުމަށް ގެނެސްފައި ތިބި މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: