ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ހެޔޮކޮށްފި

މަސް ދޯނިތަކެއް ބަނދަރެއްގައި އަޅާފައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުން ވިއްކާ އަގަށް ހެޔޮކޮށްފައިވާކަމަށް ފިޝަރީސް މިނިސްޓްރީއިން ބުނެފިއެވެ.

މިކަން ހާމަކުރީ މަސްވެރިކަމާއި އެ ވުޒާރާއިން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައެވެ.

ތެލުގެ އަގަށް ބަދަލު އައިސްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރި ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޑީސެލްގެ އަގަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. ފްކޯގެ މަސް ކާރުޚާނާތައް ހުންނަ ރަށްރަށުން މަސްވެރިންނަށް ޑީސެލް ފޯރުކޮށްދެމުން ދަނީ ޚާއްސަ އަގެއްގައިކަން ފާހަގަކުރެއެވެ އަދި މީގެ ދެ ހަފްތާ ކުރިން ވެސް އެސްޓީއޯއިން ވެސް ވަނީ ތެލުގެ އަގު ހެޔޮކޮށްފައެވެ.

ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ކުޑަކޮށްފައެވެ. މިއާއިއެކު ޕެޓްރޯލް ލީޓަރެއް 12.98 ރުފިޔާއަށް ލިބޭނެއެވެ. ޑީސަލް ލީޓަރެއް ލިބޭނީ 13.92 ރުފިޔާއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: