ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި މުޅިން އާ 78 ބިލާއެކު، ޖުމްލަ 213 ބިލެއް!

ބަންޑާރަ ނައިބު އަހުމަދު އުޝާމް ނޫސްވެރިންގެ ބައްދަލުވުުމެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި މުޅިން އާ 78 ބިލާއެކު، 213 ބިލެއް ހިމަނާފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، މި ބިލުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ކަމާއި ބެހޭ ފަރާތްތަކާއިއެކު މަޝްވަރާ ކޮށްގެންކަމަށެވެ. ރިއާޔަތްކޮށްފައިވާނީ ޖުމްލަ ހަ ކަމަކަށްކަމަށް އުޝާމް ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަން ޖެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ 135 ބިލެއް މީގެ ތެރޭގައި ހިމެނޭކަމަށް އުޝާމް ވިދާޅުވިއެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލްތަކަކީ:

  • ހައްގުތަކާއި މިނިވަންކަން: 8 ބިލު
  • ގައުމީ ސަލާމަތާއި ހާރިޖިއްޔާ: 15 ބިލު
  • ސިއްހަތާއި ދުޅަހެޔޮކަން: 11 ބިލު
  • ބިމާއި މުދަލާއި އުމްރާނީ ތަރައްގީ: 11 ބިލު
  • ދުސްތޫރީ އަދި ގާނޫނީ ކަންކަން: 15 ބިލު
  • ތައުލީމާއި މަސައްކަތްތެރިން: 7 ބިލު
  • ވިޔަފާރިއާއި އިގްތިސާދު: 22 ބިލު
  • ދައުލަތް ހިންގުން: 9 ބިލު
  • އިސްލާމްދީނާއި ގައުމިއްޔަތު: 8 ބިލު
  • ޒަމާނާ ނުގުޅޭތީ އުވާލަންޖެހޭ ނުވަތަ އިސްލާހުކުރަން ޖެހޭ ގާނޫނުތައް: 26 ބިލު
  • ތިމާވެށި: 9 ބިލު
  • އާއިލާއާއި މުޖުތަމައު: 20 ބިލު
  • ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުން: 22 ބިލު
  • ފައިސާއާއި މާލީ ކަންކަން: ބިލު
  • ދަތުރުފަތުރާއި މުއާސަލާތު: 8 ބިލު
  • ޒަމާނާ ނުގުޅޭތީ އުވާލަންޖެހޭ ނުވަތަ އިސްލާހުކުރަން ޖެހޭ ގާނޫނުތައް: 26 ބިލު

މި ބިލުތައް މަޖިލީހަށް ހުށައަޅާނީ، 3 ދައުރަށް ބިނާކޮށް، އަދި ހާލަތަށާއި ބޭނުމަށް ރިއާޔަތްކޮށްގެންކަމަށް ފާހަގަކޮށް އުޝާމް ވިދާޅުވީ، އިސްކަންދީފައިވާ ބިލުތަކަކުގެ ތެރެއިން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ބިލުތަކާއި، ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކާއި ގާނޫނުއަސާސީއާ ތައާރަޒުވުމުގެ ސަބަބުން އިސްލާހު ގެންނަންޖެހޭ ނުވަތަ އެކުލަވާލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައްވެސް މީގެ ތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިންގުމުގައި ގާނޫނެއް ނެތުމުގެ ސަބަބުން ހުރި ދަތިތައް ހައްލުކުރުމަށް ބޭނުންވާ ބިލުތައް ހިމެނޭކަމަށް އުޝާމް ވިދާޅުވިއެވެ. ގާނޫނު ތަންފީޒް ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެކިއެކި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައްވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.

އެންމެ ފަހު ބިލެއްގެ ގޮތުގައި އުޝާމް ވިދާޅުވީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ރާއްޖޭގައި އަމަލުކުރުމަށްޓަކައި ގާނޫނު އަސާސީގައި އެކުލަވާލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައްވެސް ހިމެނޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: