ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން މަސްވެރިންނަށް ކްލިއާރކޮށްދޭންޖެހޭ ބެކްލޮގެއް ނޯންނާނެ: ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާއެއް ނުދީ ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިސަރުކާރުން މަސްވެރިންގެ ބެކްލޮގް ކްލިއާކޮށްފައިވާނަމަ، މަސްވެރިން މުޒާހިރާއެއް ނުކުރާނެކަމަށެވެ. މަސްވެރިން މުޒާހިރާ އެކުރަނީ މަސްވެރިންށް ދޭން ޖެހޭ ފައިސާ މިސަރުކާރުން ނުދީ ހުރުމުންކަމަށް ވިދާޅުވިއެވެ. އަދި ވެރިކަން ބަދަލްވާއިރު އެ ހިނގާ މުއްދަތުގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދައްކާ ހަލާސްކުރަންޖެހޭނީ އަލަށް ވެރިކަމަށް އަންނަ ސަރުކާރަކުންކަމަށާއި އެކަން ހިނގާނީ އެ އުސޫލުންކަމަށް ވިދާޅުވިއެވެ.

ވެރިކަމެއް ބަދަލުވާއިރު ވެރިކަމުން ފައިބާ މީހަކު ބެކްލޮގް ފިލުވަން ޖެހޭކަމަށް ވާނަމަ ޤާނޫން އަސާސީގައި ކަޅާއި ހުދުން އެކަން ލިޔެ ބަޔާން ކޮށްފައި އޮންނަންވާނެކަމަށް ވިދާޅުވިއެވެ.

”ޤާނޫން އަސާސީގައި ލިޔަންވީ ކޮންމެ ރައީސުލްޖުމްހޫރިއްޔާއަކު ބަދަލުވާއިރު ހުރިހާ ބެކްލޮގް އެއް ކްލިއަރ ކުރަން ނުވަތަ ފަށާފައިވާ ހުރިހާ މަސައްކަތެއް ނިންމަން. އޭރަށް ހުރިހާ ވެރިންވެސް އެކަން އެގޮތައް ކުރާނެ. ”ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ މައިކްރޮސްކޯޕެއް އަޅައިގެން ބެލިއަސް އެމްޑީޕީގެ ސަރުކާރުން އަދި 19 ވަނަ މަޖިލީހުގައި ތިބި މެމްބަރުންވެސް ގޯހެއްހައްދަވާފައެއް ނޯންނާނެކަމަށެވެ. އެމްޑީޕީގެ ސަރުކާރުންވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުގައިވެސް ހުރިހާކަމެއް ވެސް ކޮށްފައިވާނީ ވަރަށް ޓްރާންސްޕޭރަންސީކޮށްކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ތަކުލީފެއް ލިބިފައިވާނީ ކޮވިޑްގެ ހާލަތުގައި އެކަނިކަމަށާއި، އެހެން ނަމަވެސް މިހާރު މި ހިނގާ ސަރުކާރުގައި، ދުނިޔޭގެ އެއްވެސް މައްސަލައެއް ނެތި ރާއްޖޭގެ ޓުއަރިޒަމްއަށް މައްސަލައެއް ނެތި ހިނގަމުން އަންނަ އިރު މަސްވެރިންނަށް ދޭނެ ޖެހޭ ފައިސާ ނުދެވިހުރެގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބެކްލޮގްގެ ވާހަކައަށް އިޝާރާތްކުރައްވާ ޝަހީމް ފާހަގަކުރެއްވީ ސަރުކާރެއްގެ މަސައްކަތްތައް ހުންނާނެ ގޮތުގެ މައްޗަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އިމާރާތެއް ކުރަން ހަވާލް ކުރި ނަމަވެސް އެކަން 5 އަހަރަގެ ތެރޭގައި ނުނިމޭކަމަށާއި، ބުރިޖެއް އަޅަން ހަވާލްކުރި ނަމަވެސް އެކަންވެސް 5 އަހަރުގެ ތެރޭގައި ނުނިމޭކަމަށް ވިދާޅުވއެވެ. އަދި ހަމަ އެހެންމެ ރަށެއްގެ ހުރިހާ މަގެއް ހަދަން ހަވާލްކުރާ މަސައްކަތްވެސް 3 އަހަރު އަދި 4 އަހަރަގެ ތެރޭގައިވެސް ނުނިމޭކަމަށް ވިދާޅުވިއެވެ. މިހެން މިކަން އޮންނައިރު ސަރުކާރެއް ނިމިގެންދާއިރު އަންނަ އިންޓެރިމް ޕޭމަންޓްސްތަކެއް ހުންނާނެކަމަށް ވިދާޅުވިއެވެ.

”މި ސަރުކރުންކުރީޣެ ސަރުކާރުގެ ބެކްލޮގް ފިލުވިއްޔާ ކީއްވެތޯ މި ސަރުކާރުގެ ބެކްލޮގް ނުފިލިވިގެން މިއުޅެނީ. ލާރި ލިބިގެންނޭ ލާރި ދެވޭނީ މަސްވެރިންނާއި ދިމާލަށް މިނިސްޓަރަކަށް ނުބުނެވޭ. ރައީސް މުއިއްޒު ވޯޓު ހޯދަން މަސްވެރިންނަށް އޮޅުވާލީ. މަސްވެރިން އަތުން އެއްޗެއް ފޭރިގެންފަ ދޮގު ހަދައިގެން ނުވާނެ. ހީކޮށްގެން ނުވާނެ މަސްވެރިންނަކީ ވަރަށް ދެރަ ވަރުގެ ގަމާރު ބަޔެކޭ. މިހާރު ރާއްޖޭގެ މަސްވެރިންނަކީ މިލިއަނަރުން ފެންވަރުގެ މީހުން. މަސްވެރިން މިހާރު މާ ސްމާޓްވާނެ.“ ޝާހީމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރު 2018 ގައި ފެށި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު މަސްވެރިން ބާނާމަހުގެ ހަމަ އަގު އެފަރާތްތަކަށް ދެމުންއައިސްފައިވެއެވެ. އެހެންނަމަވެސް ނިމި ދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން ފެށިގެން ރައީސް މުއިއްޒުގެ ވެރިކަން ފެށި ހިސާބުން ނޮވެމްބަރު މަހުގެ 17 އާއި ހަމައަށް މަސްވެރިންނަށް ފައިސާ ދީފައެއް ނުވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: