ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ”ކުރަނގި“ އޮޕަރޭޝަނުގައި 805 ބިދޭސީންގެ މަޢުލޫމާތު ނަގައިފި

މިހާތަނަށް "ކުރަނގި" އޮޕަރޭޝަނުގައި 805 ބިދޭސީންގެ މަޢުލޫމާތު ނަގައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށީގައި ފެށި ”ކުރަނގި“ އޮޕަރޭޝަނުގައި މިހާތަނަށް 805 ބިދޭސިންގެ މައުލޫމާތު ނަގާފައިވާ ކަމަށް ދާހިލީ ސަލާމަތާއި ޙިދުމަތްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

”ކުރަނގި”ޕްރޮގުރާމްގެ މައިގަނޑު މަޤްސަދަކީ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ލިޔެކިޔުންތައް މަދު މީހުން ހޯދައި އެ މަސައްކަތްތެރިން ޤަވައިދުގެ ތެރެއަށް ވެއްދޭނެ މަގެއް ކޮށައިދިނުމެވެ.  ދާހިލީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ވުޒާރާގެ ގުޅިގެން މި އޮޕަރޭޝަނުގައި ދިވެހި ރާއްޖޭގެ ފުލުސް އޮފީސް، އިމިގުރޭޝަން އަދި ހޯމްލޭންޑް ސެކިއުރިޓީ ހަރަކާތްތެރި ވެއެވެ.

މި ޕްރޮގްރާމްއާއި ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަހުމަދު ސިއްދީގު ވިދާޅުވެފައިވަނީ، މި އޮޕަރޭޝަނުގައި ރައްޔިތުންނަށް ސުލްހަވެރިކަން ޤާއިމު ކުރުމުގެ ގޮތުން ފުލުހުންނާއި އަދި އިމިގުރޭޝަންގެ ފަރާތާކުން އުޅުއްވާނީ އާދައިގެ ހެދުމުގައި ކަމަށާއި އަދި ވޯކްޕާމިޓް ނެތް ނަމަވެސް ބިދޭސީން ހައްޔަރު ކުރުމެއް ނޯނެކަމަށެވެ. އެހެން ނަމަވެސް ބިދޭސީން ރާއްޖެ ގެނައީ ކޮން ފަރާތަކުންކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ބިދޭސީ މީހާގެ މައްސަލަ ރިޕޯޓް ކުރަންޖެހޭ ނަމަ އެކަން ކައުންސިލަށް އެނގޭނެ ކަމަށާއި ކުރިއަށް އޮތް އެއް އަހަރު ތެރޭގައި މައުލޫމާތު ނެގުމުގެ މަސައްކަތް ކުރުމަށްފަހު، އޭގެ އަނެއް ދެ އަހަރު، އެ ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ މަޢުލޫމާތު ދެއްވައި ފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: