ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯކް އެންޑް ޓޯކްގެ ނަމުގައި ފުލުހުންގެ ހާއްސަ ހަރަކާތެއް

ސްކޭމަރުންގެ ފަރާތުން ރައްކާތެރިވުމަށް ފުލުހުން މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި
ޝެއާރކޮށްލާ ކަހަލަދޯ؟

“ ވޯކް އެންޑް ޓޯކް “ ގެ ނަމުގައި ސްކޭމްތަކުން ރައްކާތެރިވުމަށް ފުލުހުން މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ޖޫން 13 ވަނަ ދުވަހު ހުރިހާ ރަށެއްގައި ވެސް ވަކިވަކީން ކުރިއަށް ގެންދިތަ މި ހަރަކާތުގައި ރަށުގެ އެކި ސަރަހައްދުތަކުން އާންމު ރައްޔިތުންނާ ބައްދަލުކޮށް ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި މި ފަހަކަށް އައިސް ސްކޭމަރުންގެ މައްސަލަތައް ވަނީ އަހަރަކަށް ވުރެން އަހަރަކު އިތުރުވަމުން ނެވެ. އެގޮތުން، ސްކޭމް ކޯލުތައް މިހާރު އާއްމުވަމުންދާ ގޮތްތަކާއި، އެ ކަންކަމުން ރައްކާތެރިވާނެ ގޮތްތަކުގެ މަޢުލޫމަތު ސައުތު ސެންޓްރަލް ރީޖަންގައި ހިމެނޭ ހުރިހާ ރަށެއްގައި “ ވޯކް އެންޑް ޓޯކް “ ހަރަކާތެއް ގޮތުގައި ވަނީ ކުރިއަށް ގެންގޮސް ފައެވެ.

އޭގެ އިތުުރުން، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ދަތުރުފަތުރު ކުރުމުގައި ޙާއްސަ ސަމާލުކަންދޭންޖެހޭ ކަންކަންވަނީ ބުނެދީފައިވެއެވެ. އަދި މި ހަރަކާތުގެ ތެރެއިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރައްޔިތުންގެ ހިޔާލު ވެސްވަނީ ހޯދައިފައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޖުމްލަ 5،815 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަވެފައިވަނީ ވައްކަމުގެ މައްސަލަ އެވެ. އެއީ ޖުމްލަ 1،678 މައްސަލައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: