މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކް އިން މައުލޫމާތު ދީފައިވާގޮތުން މި ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށ،ް ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ޤައުމީފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފަށާއިރު ފުރަތަމަ ފަށުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ސެޓްފިކެޓް ލެވަލް 3ގެ ތަމްރީނުތަކެއްކަަމަށްވެސް މައުލޫމާތު ދީފައިވެއެވެ. އަދި ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމުގެ ދަށުން ހިންގާ ތަމްރީނުތަކަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ދާއިރާއަކަށް ބޭނުންވާ ފަންނީ ހުނަރުވެރިން ތަމްރީނުކުރުމަށް ހިންގާ މަސައްކަތްތަކެއްކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން މަސައްކަތް ދަސްކުރާނެ ޕްރޮގަރާމަކަށްވާތީ މި ޕްރޮގްރާމުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ބައިވެރިވާނެ
ފަރާތްތައް އިޙްތިޔާރުކުރާނީ ތަމްރީނުތައް ލިބެންހުރި ދާއިރާތައް ޢާންމުކޮށް އިޢުލާނުކުރުމަށްފަހ،ު އެޕްލިކޭޝަން ފޯމުތައް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތު މާހައުލުގައި ތަމްރީނު
ފުރިހަމަކުރުމަށް ބޭނުންވާ މުއްދަތުގައި ތިބެވޭނެ ފަރާތްތައް ބަލައިގެންކަމަށްވެސް ބުނެފައިވެއެވެ.
ތަމްރީނުތައް ހިނގަމުންދާ މުއްދަތުގައި ތަމްރީނުހޯދާ ފަރާތްތަކަށް ލިބެމުންދާ މައުލޫމާތާއި ދަސްވަމުންދާ މަސައްކަތްތަކަކީ ނެޝަނަލް ކޮމްޕީޓެންސީ ސްޓޭންޑާރޑްގައި ހިމެނޭ ތަކެތިތޯ
ބަލައ،ި ކަށަވަރުކުރުމާއި ތަމްރީނުވަމުންދަނީ ކަ ނޑައެޅިފައިވާ މިނަށްތޯ ބަލައި މޮނިޓަރކުރުމަކީ .އެމ.ްއެނ.ްއެސ.ްޑ.ީއޭއިން ކުރަމުން ގެންދާނެ މަސައްކަތެއްކަމަށް ހިއްސާކޮށްފައިވާއިރު މިކަމުގެ ސަބަބުން މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ހުޅުވިގެންދާކަމަށް ފާހަގަކޮށްފައިވެއެވެ
25 ދާއިރާއަކުން ލެވެލް 3 ސެޓްފިކެޓް ލިބިގަތުމުގެ ފުރުސަތު ފަހިކޮށްފައިވާއިރު ނޭޝަނަލް ސެޓްފިކެޓް 4 އިން ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝަން އެންޑް
މެއިންޓަނަންސް އާއި ޝަނަލް ސެޓްފިކެޓް 4 އިން ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ މެކޭނިކްގެ އިތުރުން ނޭޝަނަލް ސެޓްފިކެޓް 4 އިން ފާމަސީ އެސެސްޓެންޓް ސެޓިފިކެޓް ހާސިލުކުރުމުގެ ފުރުސަތުވެސް އޮތްކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި އަތްތެރި މަސައްކަތުގެ ޤައުމީ ސެޓްފިކެޓް 1 ހާސިލުރަން ބޭނުންވާ ފަރާތްތަކަށް އެކަންވެސް ފަހިކަމަށް މައުލޫމާތު ދީފައިވެއެވެ. ޖުމުލަ 30 ސެޓިފިކެޓެއް ހާސިލުކުރުމަށް ފުރުސަތު ހުޅުވާލާފައިވެއެވެ.

