ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޑީއެފްއިން އއ.ތޮއްޑޫގައި މޫދު ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފްއިން އއ.ތޮއްޑޫގައި މޫދު ކަސްރަތު ޕްރޮގްރާމް އެއް ހިންގައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި، އއ.ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން އެ ރަށުގައި މޫދު ކަސްރަތު ޕްރޮގްރާމްއެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން އއ.ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އެ ރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 29 ފަރާތެއް ބައިވެރިވެފައިވާއިރު 23 ފަރާތެއް ވަނީ އެ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެމްްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެސް 1)، މޭޖަރ ފަތުޙުﷲ މުޙައްމަދާއި، އެމްްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު މުމްތާޒު މޫސާގެ އިތުރުން އއ.ތޮއްޑޫ ކައުންސިލްގެ މެންބަރުން ވެސް ވަނީ ބައިވެރިވެލައްވާފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އއ.ތޮއްޑޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުމާއި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ އޮޕަރޭޝަން އޮފިސަރ (އެސް 3)، މޭޖަރ އިބްރާހީމް ޝާހިދުއެވެ. އަދި މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދީފައިވާތީ އެކަމުގެ އަގުވަޒަންކޮށް އއ.ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވި މުދައްރިބުންނަށް އެ ކޮމެޓީގެ ރައީސާ، އަންޖޫނާ މުޙައްމަދު ވަނީ ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: