ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން އެތެރެކުރަން އުޅުނު 3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓުގެ މައްސަލަ ބަލަނީ

އެއާކާގޯއިން ގެނައި މުދާތަކެއް ބާލަނީ... ފޮޓޯ: އޭވިއޭޓާ މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓިޝޫކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެއަށް އެތެރެ ކުރަން އުޅުނު، ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެ އެ މައްސަލައިގެ ތަހުގީގު ކަސްޓަމްސްއިން ފަށައިފި އެވެ.

ރާއްޖެއަށް އޮޅުވާލައިގެން އެތެރެ ކުރަން އުޅުނު 200 މަސްޓަ ކާޓަންގެ މައްސަލައެއް އެންމެ ފުރަތަމަ ފެންމަތި ވީ ސޯޝަލް މީޑިއާގަ އެވެ. އަދި އެކަމުގައި ކަސްޓަމްސްގެ ވެރިންގެ ބައިވެރިވުން ހިމެނޭކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ.

މި މައްސަލަ ފެންމަތިވުމުން ބަޔާނެއް އާންމުކޮށް ކަސްޓަމްސް ބުނީ އެ އިދާރާއިން ގާނޫނު ތަންފީޒު ކުރުމަށް ފަސް ނުޖެހޭނެ ކަމަށެވެ. އަދި ލިބުނު އިންޓެލިޖެންސް މައުލޫމާތަކަށް ސިނގިރޭޓު އެތެރެ ކުރަން މަސައްކަތް ކުރި މައްސަލަ އައީ ތަހުގީގު ކުރަމުންކަމަށް ވެސް ބުންޏެވެ.

މައްސަލައިގައި ކަސްޓަމްސް މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ ލިޔެކިއުން ނިންމުމާއި ބަލައި ފާސްކުރުމުގެ ކަންކަން އެ އިދާރާއިން ކުރަނީ ރިސްކް މެނޭޖްމެންޓް ނުވަތަ ކަސްޓަމްސް ހިރާސް ނިޒާމްގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެ މަތީން ކަމަށެވެ. އެގޮތުން ކަސްޓަމްސް އަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޝިޕްމެންޓްގައި ހިމެނޭ މުދަލުގެ ހިރާސް އެކުލެވޭ މިންވަރަށް ރިއާޔަތްކޮށް ބަލައި ފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށް ބަޔާނުގައި ވެއެވެ. މި ޝިޕްމެންޓަކީ ކަސްޓަމްސް ބުނި ގޮތުގައިއޭގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ދުރާލާ ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ބަލައި ފާސްކުރެވުނު ޝިޕްމެންޓެކެވެ.

އެ މުދާ 2024 މެއި 19 ދުވަހު ރާއްޖެ އައިސްފައިވާއިރު، މުދާ ކަސްޓަމްސްއަށް ޑިކްލެއާކޮށްފައި ވަނީ ޝިޕްމެންޓްގައި 343 ކާޓަން ޕޭޕަރ ޓިޝޫ ހިމެނޭކަމަށް ބުނެކަމަށް ކަސްޓަމްސް މައުލޫމާތު ދިނެވެ. އަދި ޝިޕްމެންޓްގައި ހިމެނޭ މުދަލާ ގުޅޭގޮތުން ލިބުނު އިންޓެލިޖެންސް މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް ކަސްޓަމްސްގެ ކަމާގުޅޭ ސެކްޝަންތައް ގުޅިގެން ހިންގުނު ޖޮއިންޓް އޮޕަރޭޝަނެއްގައި, 2024 ޖޫން 13 ވަނަ ދުވަހު މުދާތައް ބަލައި ފާސްކުރިކަމަށް ބުންޏެވެ.

މިގޮތުން ބަލައި ފާސްކުރުމުގެ ތެރޭގައި ކޮންޓެއިނާގެ ތެރެއިން 143 ކާޓަންގެ ޕޭޕަރ ޓިޝޫ އާއި 200 މާސްޓަރ ކާޓަންގެ ސިނގިރޭޓް ދެނެގެނަވުނެވެ. މި 200 މާސްޓަރ ކާޓަންގައި 3,199,200 (ތިން މިލިއަން އެއްލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ) ސިނގިރޭޓް ފެނިފައިވާއިރު, މި ޝިޕްމެންޓްގައި ހިމެނޭ މުދާ މިހާރު ވަނީ ކަސްޓަމްސްއިން ހިފަހައްޓާފައިކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައަކަށް ވާތީ، މައްސަލާގެ ތަހުގީގު ކަސްޓަމްސްއިން މިހާރު ފަށާފައިވާކަމަށެވެ. އަދި ބުނެފައި ވަނީ ރާއްޖެއަށް އެތެރެ ކުރެވޭ މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ބަލައި ފާސްކުރުމުގެ މަރުހަލާތަކުގައި ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މަޢުލޫމާތާއި ކަސްޓަމްސްގެ ހިރާސް ނިޒާމުގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެމަތީން އަމަލުކުރާނެ ކަމަށެވެ.

ރާއްޖެއަށް އެތެރެ ކުރެވޭ މުދަލާ ގުޅޭގޮތުން ކަސްޓަމްސްގެ ގާނޫނު ތަންފީޒު ކުރުމުގައި ފަސްނުޖެހޭނެކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ

ވަރަށް ގަދަ
10%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިބްރާހީމް އަބްދުލޯ ޅ،ހިންނަވަރު ގުލިސްތާނުގެ، says:

    ހިޔާލަކީ އެކަންކަމާ ހަވާލުވެތިންބެވި ބޭ ފުޅުން ވީއެންމެއަވަހަކަން
    އެކަންއެކުރިބައަކު މީޑިޔާއަށް ނެރެހާމަކަންބޮޑުގޮތެއްގާ ތަހުގީގުތައްއަވަސްކުރައްވީ ނޫއްނަމަ ތިކަމުގެސަބަބުން ނޭދެވޭއަސަރު އެކަމާގުޅުންނެތް އެތައްބައަކަށްފޯރާފާނެތީ،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: