ސަގާފީ ހަރަކަތާތްކާއި، އެކު މާލޭގެ އެކި ސަރަހައްދުތަކުގައި އީދު ފާހަގަކޮށްފި އެވެ.
އެއް ގަޑިއެއްގައި މާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.
ސަގާފީ ކުޅިވަރުތަކާއި އެކު، ކުޑަކުދިންނަށް ހާއްސަކޮށް އާއިލީ ހަވީރު ވެސް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.
އެގޮތުން ހެންވޭރު، މާފަންނު، އަދި މަޖީދީ މަގާއި އާޓިފިޝަލް ބީޗު، އަދި އުސްފަސްގަނޑުގައި އެކި ހަރަކާތްތައް ކުރިޔަށް ގެންދިޔަ އެވެ. އަދި ކަޅުތުއްކަލާ ކޮށި ކުރިމަތީގައި ވެސް ބޮޑު ބެރު ހަރަކާތްތައް ކުރިޔަށް ގެންދިޔަ އެވެ.
ކުޑަކުދިން އެންމެ ގަޔާވާ، ބޮޑު މަސް ބޭނުން އޮތީ އުސްފަސްގަނޑު ސަރަހައްދުގަ އެވެ.
ރަސްފަންނުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި މާލި، ކޯޑި ކެނޑުން ހިމެނެ އެވެ. އަދި ކާށިދޫ ހަރުބީ ޓީމުން ވަނީ ލަނގިރި ޖެހުން ކުރިޔަށް ގެންގޮސްފަ އެވެ.
އެންސީއޭ ބޮޑު އީދު އުފާގެ ހަރަކާތްތަކުގެ ތެރެއިން، ދަފި ނެގުން އޮތީ މަޖީދީ މަގާއި، ސޯސަން މަގު ގުޅޭ ކަންމަތީގަ އެވެ.
އީދު ކުޅިވަރުތަކަށް ހާއްސަކޮށް 17 ޖޫން 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00ގައި އާޓިފިޝަލް ބީޗުގައި އަދި ރަސްފަންނުގައި ފެންކުޅިކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ފަހުގެ ތާރީހެއްގައި މާލޭގައި މިފަދަ ގޮތަކަށް ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރާ މިއީ ފުރަތަމަ ފަހަރެއެވެ.

