ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕީއެންސީގެ ޖަގަހަ މާދަމާރޭ ހުޅުވަނީ!

މަޖިލިސް ކެމްޕެއިން ނިންމާލުވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ މާދަމާރޭ ހުޅުވުމަށް އެ ޕާޓީން ނިންމައިފި އެވެ.

ޕީއެންސީ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ހ. ވެޔޮވިލާގައި ހުންނަ އެ ޕާޓީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެރޭ 20:30 ގައި އޮންނާނެ ކަމަށެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގައި މީގެ ކުރިން ހިންގަމުން އައި އެމްޑީޕީ ހަރުގެ، ޑިމޮކްރެޓްސް ބޭނުން ކުރަމުން އައުމަށް ފަހު އެ ޕާޓީން ތަން ހުސްކުރީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު އެވެ. އެ އިމާރާތް ޕީއެންސީން ކުއްޔަށް ނަގައި، ހަރުގެ ހުޅުވުމުގެ މަސައްކަތް ކުރަމުން ދާތާ ގިނަ ދުވަސް ވަނީވެފަ އެވެ.

އީދުގެ ބޮޑު ބަންދަކަށް ފަހު، މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ޖަގަހަ ހުޅުވައިދެއްވާނީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މިއީ މަޖިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ބޮޑު ޖަލްސާއަށް ފަހު، ކޮންގްރެސް ކޯލިޝަނުން ބާއްވާ ފުރަތަމަ ބޮޑު ހަރަކާތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: