ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނާތަކެތި ޖަލަށް ވެއްދުން ހުއްޓުވުމަށް މެޓަލް ޑިޓެކްޓަރ ހަރުކޮށް، ބޮޑީ މެޝިން ހޯދަނީ!

ހޯމް ސެކްޓަރ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާއި ހިލާފަށް މަނާތަކެތި ޖަލަށްވެ ވެއްދުން ހުއްޓުވުމަށް، އެކި ބޭނުންތަކުގައި ޖަލުގެ ސަރަހައްދަށް އެތެރެވާ މީހުން ސްކޭން ކުރެވޭ ބޮޑީ މެޝިނެއް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ވަގަށް ޖަލަށް ތަކެތި ވައްދާ މައްސަލަ ހައްލު ކުރުމަށް، މިދިޔަ ސަރުކާރުތަކުން އެކި ފިޔަވަޅު އެޅި ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބެ އެވެ. އެންމެ ގިނައިން ފެންމަތިވާ މައްސަލަތަކަކީ، ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާ މައްސަލަ އެވެ. އެކަމަކު އެކި ގޮތްގޮތުން އެތަކެތި، ޖަލަށް ވެއްދުމަށް އެހީތެރިވެދިނުމުގެ ތުހުމަތު ބައެއް ޖަލު އޮފިސަރުންނަށް ވެސް ކުރެވިފައި އެބަހުއްޓެވެ.

މީގެއިތުރުން ޖަލުގައި ފޯނު ބޭނުން ކުރުން ހުއްޓުވުމަށް، ޖޭމަރު ހަރު ކުރުމުގެ މަސައްކަތް ކުރާނެކަމަށް ވެސް ހޯމް މިނިސްޓްރީއާއި، ކަރެކްޝަނުން ބުނެފައި ވެއެވެ.

އައު ސަރުކާރުން މިކަމުގައި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތުއް ހިއްސާ ކުރައްވައި، އިހުސާން ވިދާޅުވީ ސްކޭމް ކޯލްތައް އެންމެ ގިނައިން ދާކަމަށް ބެލެވޭ އެއްތަނަކީ ޖަލުގެ ތެރެކަމަށެވެ. އެހެންވެ އެކަން ހުއްޓުވުމަށާއި، ޖަލަށް މަނާތަކެތި ވެއްދުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތައް އަޅާފައިވާކަން ހާމަކުރެއްވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ތެރެއިން، މާފުށި ޖަލުގައި ދެ މެޓަލް ޑިކެކްޓަރ ހަރުކޮށް ބޮޑީ ސްކޭނިން މެޝިނެއް ހޯދުން ދަނީ ކުރިޔަށެވެ. އިހުސާން ވިދާޅުވީ ޖަލު ގޮޅިތަކުގައި، ފޯނު ބޭނުން ކުރާ މައްސަލައްތައް ފާހަގަވެ އެތަކަތި އަތުލައިގެންފައިވާނެ ކަމަށެވެ.

ޖަލު ތެރޭގައި ހަމަ ކޮންމެ ގޮޅިއެއްގައި އެވަރެޖުކޮށް ފޯނާއި އެއްޗެހި ފެންނަމުން އެބަދޭ… މަސްތުވާތަކެތި އެބަ ފެނޭ… އަޅުގަނޑުމެން އެއަށް އަޅަން ޖެހޭ ފިޔަވަޅު މިހާރު ޖަލުން ދަނީ އަޅަމުން..

ޖަލަށް ފޯނާއި މަސްތުވާތަކެތި އަދި މަނާ ބާވަތުގެ ތަކެތި ވެއްދުމުގައި ގައިދީންނަށް އެހީތެރިކަން ފޯރުކޮށްދެނީ ކަރެކްސްޝަންސް އޮފިސަރުންކަމަށް އަބަދުވެސް ތުހުމަތު ކުރެވެ އެވެ. އަދި މިގޮތަށް ތަކެތި ވެއްދުމުގައި އޮފިސަރުން ފައިސާ ނަގާކަމުގެ ވާހަކަތަކެއް ވެސް ދެކެވެ އެވެ.

ޖަލަށް މަނާތަކެތި ވެއްދުމުގައި ބައިވެރިވި ބައެއް އޮފިސަރުން ވަޒީފާއިން ވަކިކޮށް، ސަސްޕެންޑު ކުރާއިރު ކުރީ ސަރުކާރުގައި ކަރެކްސްޝަންސާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ޖަލަށް ފޯނާއި މަސްތުވާތަކެތި އަދި މަނާ ބާވަތުގެ ތަކެތި ވެއްދުމުގައި ކަރެކްޝަންގެ މުވައްޒަފުން ބައިވެރިވުން އޮތް ކަމަށް އަބަދު ވެސް ތުހުމަތުކުރެ އެވެ. ހެއްކާއި ގަރީނާ ލިބުމުން 2020 ވަނަ އަހަރު އެކަނި ވެސް ކަރެކްޝަންސްގެ 10 މުވައްޒަފަކު ވަޒީފާއިން ވަކިކުރި އެވެ. މީހުން އަތުލައިގަތީ މަސްތުވާތަކެތި ވެއްދުމުގައި އެހީތެރިވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: