ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޅުރަށަކަށް ލެއްގީ ހާލުގައި ޖެހުނު ސޯމާލިއާ ބައެއް، މިވަގުތު ތިބީ ވަގުތީ ހިޔާވަހިކަމުގައި: ފުލުހުން

ޑިންގީގައި ލެއްގި ސޯމާލިއާގެ ތިން މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ވައްވައްޗަށް ސޯމާލިއާގެ ބަޔަކު ޑިންގީއެއްގައި ލައްގާފައި ވަނީ ހާލުގައި ޖެހި، ޑިންގީއަށް ލިބުނު ގެއްލުންތަކުގައިކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 3000 ކިލޯމީޓަރު ދުރުގައި އޮތް ސޯމާލިއާއަށް ނިސްބަތްވާ ތިން މީހެއް އިއްޔެގެ ވަގުތެއްގައި ލައްގާފައި ވަނީ ފަޅު ރަށަކަށެވެ. ދަނޑުވެރިކަމުގެ ބޭނުމަށް ދިގު މުއްދަތަކަށް ދޫކޮށްފައިވާ އެ ރަށަށް ބަޔަކު ލެއްގިކަން ފުލުހުންނަށް ރިޕޯޓު ލިބުނީ ކޮން ގޮތަކުންކަން ސާފެއް ނޫނެވެ.

ފުލުހުން ހިއްސާ ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ މީހުން ދަތުރު ކުރީ އައުޓްބޯޑް އިންޖީނެއް އަޅާފައި އޮތް ކުޑަ ޑިންގީއެއްގަ އެވެ. އަދި އެ މީހުންގެ ހާލު އެހާ ގޯސް ނޫންކަމަށް ފެނެ އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ މީހުން ނ. ހޮޅުދޫއަށް ގެންގޮސް އެ ރަށުގެ ކައުންސިލްގެ އެހީތެރިކަމާއި، ބެލުމުގެ ދަށުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ.

ސޯމާލިއާ މީހުން ދަތުރުކުރި ކަމަށް ބުނާ ޑިންގީ: ޑިންގީގައި ތިން މީހުން ތިބި: ފޮޓޯ/ ފުލުހުން

ސޯމާލިއާއަކީ ކަނޑު ފޭރޭ މީހުން ގިނަކަމަށާއި، އަދި އެމީހުން ބައެއް ހާލަތްތަކުގައި ނުރައްކާވެދާނެކަމަށް ވެސް މަޝްހޫރު ސަރަހައްދެކެވެ.

މީގެ ކުރިން ވެސް މޫސުން ގޯސްވާ ދުވަސްވަރުތަކުގައި، ސޯމާލިއާއާއި އަދި އެހެން ވެސް ކައިރި ސަރަހައްދުތަކުން ޑިންގީއާއި ދޯނިތަކުން ލައްގާފައި ވެއެވެ. އާންމުކޮށް އެ މީހުން ކަނޑު މަތީ ހާލުގައި ޖެހިފައި ވަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ކުރަނީ މަސްވެރިންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: