ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިޔަދަމްގެ މަރު: އުމުރަށް ޖަލަށް ލާން ކުރި ހުކުމް ބާތިލުކޮށްދޭން ސިފާމް އެދިއްޖެ

ޒިޔަދަމްގެ މަރުގެ މައްސަލާގައި އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ހުރި އަލި ސިފާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. މުންޑޫގައި 2015 ވަނަ އަހަރު، އެ ރަށުގެ ވަގުތީހިޔާގޭ ކައިރީ ތޫހު އެއްޗަކުން ހަމަލާދީ މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި އަލީ ސިފާމްގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ބާތިލުކޮށްދިނުމަށް އޭނާގެ ފަރާތުން އެދިއްޖެ އެވެ.

2015، މާޗު 20 ގައި ރޭގަނޑުގެ ވަގުތެއްގައި ޒިޔަދަމްއަށް ހަމަލާދީފައި ވަނީ މާރާމާރީއެއްގެ ތެރެއިންނެވެ. އަދި ވަޅިއަކުން ދިން ހަމަލާގައި އޭނާ މަރުވި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

މައްސަލައިގައި ކުށް ސާބިތުވި އިތުރު ދެ މީހެއްގެ މައްޗަށް އިއްވީ ގަސްތުގައި މީހަކު މެރުމުގެ ކުށުގައި މަރުގެ ހުކުމާއި، މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގައި 25 އަހަރުގެ ހުކުމެކެވެ.

މި މައްސަލައިގައި ސިފާމްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް އޭނާގެ ފަރާތުން ހުކުމް އިއްވިތާ، ތިން މަސް ތެރޭ އިސްތިއުނާފަށް ހުށަހެޅި އެވެ. އަދި މައްސަލައިގައި މަރުގެ ހުކުމް އިއްވި މުހައްމަދު ޝަނޫން ވެސް ވަނީ އޮގަސްޓު މަހު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ސިފާމްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރި ނަމަވެސް، އެ ދައުވާ ސާބިތު ކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތްކަމަށް ހުކުމުގައި ވެއެވެ. އެކަމަކު ހުށަހަޅާފައިވާ ހެއްކަށް ބަލައި ސިފާމްގެ މައްޗަށް ޒިޔަދަމް މަރާލުމުގައި އެހީތެރިވިކަން ސާބިތުވާކަމަށް ހުކުމުގައި ވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާ ބުނާ ގޮތުން އުފުލާފައިވާ ދައުވާ ސާބިތުނުވި ނަމަވެސް އެހެން ކުށެއް ކުރި ވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހުރެ އެ ކުށުގެ ރުކުންތައް ސާބިތުވާނަމަ އެ މީހެއްގެ މައްޗަށް ކުށް ސާބިތު ކުރެވިދާނެ އެވެ.

މައްސަލައިގައި ހައިކޯޓުގައި މިއަދު ކުރިޔަށް ދިޔައީ، ސިފާމްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެވެ. އަޑުއެހުމުގައި ސިފާމްގެ ފަރާތުން އެދިފައި ވަނީ ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލުކޮށްދިނުމަށެވެ. އަދި ކުށުގެ އަދަބު ކަނޑައަޅަން ޖެހޭނީ ކުށުގެ އުންސުރުތައް ސާބިތުކޮށްފައިވާ ގާނޫނުލްއުގޫބާތުގެ 1002 ވަނަ މާއްދާގައިވާ އަދަބު ކަނޑައެޅުމުގެ ތާވަލާއި އެއްގޮތަށްކަމަށް ކަނޑައަޅައިދޭންށެވެ.

އެ ނުކުތާގެ ތަފްސީލުގައި ސިފާމްގެ ވަކީލު ވިދާޅުވެފައި ވަނީ، ކުށުގެ އުންސުރުތައް ސާބިތުކޮށްދިނުމަށް ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއަށް ރުޖޫއަވުމަށް ފަހު ކުށުގެ އަދަބު ކަނޑައަޅާފައި ވަނީ ބިރު ދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުން ކަމަށެވެ.

ވަކީލު ޔާމިން ވިދާޅުވީ ގާނޫނުލްއުގޫބާތުގައި 30 ވަނަ މާއްދާގައި ބުނާ ރުކުންތައް މުއްތަހަމުގެ މައްޗަށް ތަތުބީދު ކުރާއިރު އަދަބު ކަނޑައަޅަން ޖެހޭނީ އެ ގާނޫނުންކަމަށެވެ. ރައްދުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ކުށުގެ އުންސުރުތައް ސާބިތު ކުރުމަށް ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއަށް ރުޖޫއަވެފައި ނުވާކަމަށާއި އެ މާއްދާގެ (ށ) ބަލާފައި ވަނީ ކުށްކުރުމުގައި ބައިވެރިވުން މާނަކުރުމުގެ ވަސީލަތެއްގެ ގޮތުން ކަމަށެވެ.

އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ދެ ފަރާތުން ޖަވާބުދާރީވުމިގެ ބައި މިއަދު ވަނީ ނިންމާލާފަ އެވެ. އެހެންކަމުން މައްސަލައިގެ ދިރާސާގެ ތެރެއިން އިތުރުކަމެއް ސާފު ކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުންކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާނު ކުރެއްވި އެވެ.

މި މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމުން އެނގޭ ގޮތުގައި ޒިޔަދަމްއާއި، ޝަނޫން އަދި ސިފާމްއަކީ އެކުވެރިންނެވެ. ތިން މީހުންގެ ތެރޭގައި މައްސަލަ ޖެހުނީ، އެކުގައި ބަނގުރާ ބޯން ތިބެ ސިފާމްގެ ކޮއްކޮއާއި ގުޅޭގޮތުން ޒިޔަދަމް ދެއްކި ވާހަކައަކުންނެވެ. އެ މައްސަލައިގައި ދެ މީހުން ޒުވާބުކޮށް، މާރާމާރީ ހިންގަން ފެށުމުން ޝަނޫން ސިފާމްއަށް ވަޅިއަކުން ހަމަލާދިނީކަމަށް ހެކިންގެ ހެކިބަހުގައި ވެއެވެ.

ވަޅިން ހަމަލާ ދިނުމުން ޒިޔަދަމް އެ ރަށު ވަގުތިހިޔާގޭ ބަދިގެއަށް ވަނުމުން ވެސް ޝަނޫން އޭނާއަށް ހަމަލާދިން އިރު އެކަމަށް އެހީތެރިވެ މަގުފަހިކޮށް ދިނީ ސިފާމްކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: