ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިންގެ ވާހަކައާއި، ކަނޑުގެ މައްސަލައަކީ އޮޅުވާލުމެއްކަމަށް އެމްޑީޕީން ދެކެނީ ސަރުކާރުގެ އަމަލުތަކާއި ހުރެ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންގްރެސް ކޯލިޝަނުން ރިޔާސީ އިންތިހާބަށް ވޯޓު ހޯދަން ރައްޔިތުންނަށް އޮޅުވާލީކަމަށް ބުނެ ވާހަކަ ދައްކަން އެމްޑީޕީއަށް ޖާގަ ލިބެނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ޖުމްލަ އަދަދު އެނިވަޑައިނުގްނަނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ، ދެއްކެވި ވާހަކަތަކާއި ހިލާފަށް މަސައްކަތް ކުރައްވާތީކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ – އިންޑިއާ ދެމެދު ކުރީ ސަރުކާރުން އެކުލަވާލި އެއްބަސްވުންތަކުން އެ ގައުމުގެ ހަތިޔާރު އެޅި ސިފައިންނަށް ރާއްޖޭގައި ބޭސްވެ ތިބުމަށް ޖާގަ ލިބޭކަމަށް އެންމެ ފުރަތަމަ ތުހުމަތު ކުރެއްވީ ރައީސް ޔާމީނެވެ. އެ ފަހުން އެ މައްސަލައިގައި ގިނަ މުޒާހަރާތަކެއް ކުރިއިރު، ސަރުކާރު ބަދަލު ކުރުމަށްޓަކައި ކުރިޔަށް ގެންދިޔަ އެންމެ ބޮޑު ހަރަކާތަކީ ވެސް އެއީ އެވެ.

ރިޔާސީ ވައުދުތަކެއް ވެ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އިންޑިއާގެ ސިފައިން ފޮނުވާލުމުގެ މަޝްވަރާތައް ފަށައި ހުރިހާ ޕްލެޓްފޯމެއް މިހާރު ކްލިއާވެފައިވާކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ގިނަ ބަޔަކު، އެއީ ހަގީގަތެއްކަމަށް ގަބޫލު ކުރުމަށް ދެކޮޅު ހަދަ އެވެ.

ދުވަސްތަކަށް ފަހު ޕީއެންއެފްގެ އޮފީހުގައި ރޭ އޮތް ޖަލްސާގައި ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިިއިރު ބައެއް މަސައްކަތްތަކަށް ތައުރީފު ވެސް ކުރެއްވި އެވެ. ތދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ވަޑައިގެން، މުޅި ދުނިޔެއަށް ހާމަކަން ބޮޑުކޮށް އަޑުއިވޭ ގޮތަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ޖުމްލަ އަދަދު ދެނެގަނެވިފައި ނުވާކަމަށް ވިދާޅުވުމަކީ އެއީ ކަން ހިނގައިގެން ވާނެ ގޮތެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެއްބަސްވުންތައް ހުރި ގޮތުގެ ސަބަބުންނާއި، ބައެއް މައުލޫމާތުތައް ވަރަށް ބޮޑަށް ސެންސަރުކޮށް ސިއްރުކޮށްފައި ހުރުމުގެ ސަބަބުން އެމަނިކުފާނަށް ވެސް ތަފްސީލަށް ވެސް ނޭނގޭކަމަށް ދެންނެވުމަކީ މީގެ ކުރިން އިދިކޮޅުގައި ތިބެ ކޮންގްރެސް ކޯލިޝަނުން ދައްކަމުން އައި ވާހަކައަށް ސުވާލު އުފެއްދުމަށް ބަޔަކަށް ޖާގަ ލިބޭ ސަބަބުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ ފަހުން، އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއްޒު ވިދާޅުވަނީ އެހާ ބޮޑަށް ސެންސަރުކޮށްފައޭ އޮންނަނީ ތިމަންނާއަކަށް ވެސް ނޭނގެޔޭ، އިންޑިއާގެ ކިތަށް ސިފައިންކަމެއް ތިބީ… މިއީ ލަދުވެތި ކަންތައް.. މިއީ ރާއްޖޭގެ ރައީސް މި ބުނަނީ ބޭރު ދުނިޔެއަށް، ހަބަރު ފަތުރާ ބަޔަކަށް.. އޭނަގެ ބެލުމުގެ ދަށުގައި އޮތް ދައުލަތުގައި ތިބީ ބޭރުގެ ކިތަށް ސިފައިންކަމެއްކަން ނޭނގެޔޭ… ކޯޗެއްތޯ އެނގެނީ، ކޯޗެއްތޯ ދެން އެނގެނީ..

ރައީސް ޔާމީން ވިދާޅުވީ މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީ އެމަނިކުފާނެކޭ އެއްގޮތަށް، ”އިންޑިއާ އައުޓް“ ޓީޝާޓުތަކުގައި މަގުމައްޗަށް ނިކުތް ބޭފުޅުން ކަމަށެވެ. އަދި އެއް ޝިއާރަކަށް ވާހަކަ ދައްކައި، އެމަނިކުފާނަށް ކުރެވިފައި ހުރި މަސައްކަތެއް ނަމަ ލީޑަރުން ވެސް އެކުގައި ތިއްބަވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮންމެ ވެރިއަކު، ސަރުކާރުގެ ތެރޭގައި މިހާރު އެތިއްބެވި ކޮންމެ ވެރިއަކު ހުންނާނީ އެ ޓީޝާޓުލާފަ.. އޭގެ މޭމަތީގަ ފަހުރުވެރިކަމާއި އެކު ހުންނާނީ އިންޑިއާ އައުޓް ޖަހާފައި

މީގެއިތުރުން ރައީސް ޔާމިން ވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ހަރަކާތާއި ދެކޮޅަށް ނެރުނު ގަރާރު ބާތިލު ނުކުރަނީ ކީއްވެގެން ތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެއްވުންތަކުގެ ތެރެއިންނާއި، އެމަނިކުފާނުގެ ގެކޮޅުގައި ހަރުކޮށްފައި ހުރި ބެނާ ގެންދިއުމަށް ފަހު އެ އަދިވެސް އަނބުރާ ދީފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ޔަގީން ކުރުމަށް ގޮވާލައި، ދެއްކީ ސައްހަ ވާހަލަތަކެއް ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ގަސްތުގައި ދޫކުރުމުގެ ސަބަބުން ގެއްލުން ލިބުނުކަމީ ވެސް ހަގީގަތެއް ކަމަށެވެ. އެކަމަކު މިއަދު އެ ވާހަކަތައް މަތީން ހަނދާން ނެތުނުއިރު، އިންޑިއާގެ ސިފައިންގެ ބަދަލުގައި އެހެން ބަޔަކު އައިތީ އެމްޑީޕީ ވެސް މިހާރު ޖޯކު ޖަހައި ވާހަކަ ދައްކާކަމަށެވެ.

މިއަދު އިންޑިއާ އައުޓަށް ކިހިނެއްތޯ ވީ؟ މޯދީ އަނެއްކާވެސް އިތުރު ދައުރަކަށް ހޮވޭއިރަށް އަޅުގަނޑުމެން މި ދިޔައީ، އޭނަށް ޖިޒީ ދައްކަން.. އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ހަޑިހުތުރު، ކަންކަން މިއީ..

ރައީސް ޔާމީން ވިދާޅުވީ މިއަދު އެމްޑީޕީ ޕީޕީއެމް/ޕީއެންސީ އަދި އެމަނިކުފާނަށް ފާޑުކިޔައި އިންޑިއާއާއި ކަނޑުގެ މައްސަލައަކީ ރައްޔިތުންގެ ސިކުނޑި ދޮވެލުމަށް ދެއްކި ވާހަކަތަކެއްކަމަށް ބުނާ ކަމަށެވެ. އަދި އެ ފުރުސަތު ދިނީ ސަރުކާރުންކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: