ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތި ބޭނުން ކުރާ 50 އައްޑާއެއް މާލޭގައި، ސަރުކާރުގެ ތިން އިމާރާތެއް ތަޅާލަނީ

ހޯމް މިނިސްޓަރ އަލީ އިހުސާން--- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާ 50 އައްޑާއެއް ހުރިއިރު، އޭގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ތިން އިމާރާތެއް ތަޅާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން ވިދާޅުވީ ވައްކަން ކުރުމުގެ ނެޓްވޯކްގައި ފާހަގަކުރެވޭ 46 މީހަކު ތިބިނަމަވެސް އެ މީހުން ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު ޖެހުމަށް ކޯޓުތަކަށް ގެންދިއުމުން ކޯޓުގެ އިހުތިސާސްގެ ދަށުން އެ މައްސަލަ ނުބެލޭނެކަމަށް ބުނެ ދޫކޮށްލާ ކަމަށެވެ.

ގާނޫނަށް އިސްލާހުތަކެއް ބޭނުންވާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ، އެއް ކޯޓަށް ހާޒިރު ކުރުމުން އެއީ ކްރިމިނަލް މައްސަލައެއްކަމަށް ބުނެ ދޫކޮށްލާކަމަށެވެ. އަދި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެއީ ޑްރަގުގެ މައްސަލައެއްގެ ގޮތުގައި ބުނާކަމަށެވެ.

އިހުސާން ވިދާޅުވީ މިހާތަނަށް މާލޭގައި ހިންގާ 50 ޑްރަގް އައްޑާއެއް ފާހަގަކުރެވިފައިވާކަމަށާއި، އޭގެ ތެރޭގައި ސަރުކާރުގެ ބައެއް އިމާރާތްތަކާއި އާންމު އިމާރާތްތައް ހިމެނޭކަމަށެވެ. އެކަމަކު އޭގެ ތެރޭގައި ގިނައީ ހުސްކޮށް ހުރި، ފަޅުގެތައްކަމަށް އިހުސާން ވިދާޅުވި އެވެ.

މިހާތަނަށް މައްސަލައިގައި އެޅުނު ފިޔަވަޅުތައް ހިއްސާކުރައްވައި، އިހުސާން ވިދާޅުވީ އެ ތަންތަނަށް ފުލުހުން ވަދެ ވީޑިއޯ ނެގުމަށް ފަހު އެސެސްމެންޓުތައް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަކަމަށެވެ.

އިހުސާން ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރުމަށް، ވަދެ ނިކުމެ އުޅޭ ސަރުކާރުގެ ތިންތަނެއް ހުސްކޮށް ތަޅާލުމުގެ ހުއްދަ ލިބި ޕްބަލިކްސް ވޯކްސްއާއި އެ މަސައްކަތް ހަވާލުކޮށްފައިވާކަމަށެވެ. އަދި ފަޅުކޮށް ހުރި އިމާރާތްތައް ތަޅާލުމަށް، އެ އިމާރާތްތަކުން ވެރިންގެ ހުއްދައަށް އެދިފައިވާނެކަމަށް އިހުސާން ވިދާޅުވި އެވެ.

ޑްރަގުގެ އައްޑާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފަ އެބަހުރި، މާލޭގެ ތެރޭގައި، ގިނައީ ވެކެންޓު، ފަޅުގެ ގޮތުގައި ހުރިތަންތަން..

މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކުގެ މަސައްކަތްތައް މިހާރު ދަނީ ކުރިޔަށްކަމަށް އިހުސާން ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: