ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބޯޑު އަލުން އެކުލަވާލައްވައިފިއެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު ނަމްބަރު 17/2011ގެ 29ވަނަ މާއްދާގައި ބަޔާންކުރާ ”ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑު“ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަލުން އެކުލަވާލައްވާފައެވެ.
އެންޑީއޭ ބޯޑުގެ އައު ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ ދާހިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބްނާ މުހައްމަދު ޒާހިރެވެ.
މި ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ، ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަތީ ފޮރ ޕަބްލިކް ޕޮލިސީ ޝިބާނާ އަބްދުﷲ ދީދީ، ހެލްތު މިނިޓްރީގެ ނައިބު އިސްމާޢީލް ޒާހިރު އާއި ޔޫތު މިނިސްޓްރީގެ ނައިބު އިސްމާއީލް ރަޝީދު، އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޢައްޒާ އެވެ. އަދި އެމްއެންޑީއެފްގެ ލެފްޓެނަންޓް ކާނަލް ޑރ. އާމިނަތު ޝުމްރާ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު، ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަލްއުސްތާޛު އަޙްމަދު ސިމާޙް، ޗާފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ ސީނީޒު ޢަލީ އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ”ޖަރނީ ޖަމްޢިއްޔާ“ގެ ފަރާތުން އަޙްމަދު ޢަބްދުއްސައްތާރެވެ.

