ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަކާ ނިޔާވުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް: ރައީސް

މުހައްމަދު އާރިފް (ބަކާ)
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސް ގައި ތައުޒިޔާގެ ޕޯސްޓެއް ކުރައްވާ ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަކީން ޚާއްޞަކޮށް ފުޓްބޯޅައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި، ޤައުމަށް ފަޚްރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ޢާރިފް (ބަކާ) ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

‏“މި ހިތާމަވެރި ވަގުތު މަރްހޫމް މުޙައްމަދު އާރިފްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދެމެވެ. އަދި މަރްޙޫމް މުޙައްމަދު ޢާރިފަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، ކީރިތިﷲގެ ނިޢުމަތާ ރަޙްމަތުގައި ލެހެއްޓެވުން އެދި ދުޢާކުރަމެވެ“

އާރިފް އަކީ ރާއްޖެ އާއި ސްރީލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެވެ. ބަކާގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ވަނީ މަޝްހޫރު ކުލަބުތައް ކަމުގައިވާ ވެލެންސިއާ، ނިއުރޭޑިއަންޓް، ވިކްޓަރީ، ވީބީ ފަދަ ކުލަބުތަކަށް ކުޅެފައެވެ. އަދި ބަކާ ވަނީ މިޔަންމާ ލީގުގައި ވެސް ކުޅެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: