ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ދިޔަ ހުރިހާ ހައްޖުވެރިން، ވެކްސިން ފުރިހަމަ ކުރި: ހައްޖު ކޯޕަރޭޝަން

މިއަހަރު ރާއްޖޭން ހައްޖަށްދާ ބަޔަކު ފުރަން އެއާޕޯޓަށް ގޮސްފައި: ފޮޓޯ | އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

1445 ވަނަ އަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް އައި ހުރިހާ ހައްޖުވެރިން އައީ ޓްރެވެލް ވެކްސިން ފުރިހަމަކޮށްގެންކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ދިޔަ ދިވެއްސެއް ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ޑިޒީޒްއަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ ބަލި ރާއްޖެއިން ފެނުނުކަން ހެލްތު މިނިސްޓަރީގެ އޮފިޝަލުން ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ސޯޝަލް މީޑިއާގައި އަޑުފެތުރޭ ގޮތުން، ބައެއް މީހުން ވެކްސިން ފުރިހަމަ ނުކުރެ އެވެ. އެކަމަކު، މިރޭ އެ ތުހުމަތުތައް ކޯޕަރޭޝަނުން ދޮގު ކުރި އެވެ.

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި 1445 ވަނަ، އަހަރު ހައްކުގެ މާތް އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރު ކުރި ހުރިހާ ހައްޖުވެރިން ވެސް ސައުދީ ހައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާއި އެއްގޮތަށް ފުރުމުގެ، ކުރިން ފުރިހަމަ ކުރަން ޖެހޭ ޓްރެވެލް ވެކްސިން ފުރިހަމަކޮށްފައިކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް އަބަދުވެސް ދޭކަމަށެވެ.

މިއީ ނުރައްކާތެރި ބެކްޓީރިއާއެއްކަމަށްވާ މެނިންގޮކޯކަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

މިއީ ތުއްތު ކުދިންނާއި، ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންނާއި ޒުވާން އުމުރުގެ މީހުންނަށް އެންމެ ގިނައިން ކުރިމަތިވާ ބައްޔެކެވެ. މެނިންޖައިޓިސް އަށް އަވަސް ފަރުވާ ނުދެވިއްޖެނަމަ ވަރަށް ސީރިއަސް ވެދާނެއެވެ.

މެނިންޖައިޓިސްގެ އަލާމާތްތަކުގެ ތެރޭގައި:

  • ހުންއައުން
    މާބޮޑަށް ބަލިވުން
    ބޮލުގައި ރިއްސުން
    ކަރުހިއްކުން
  • ބޭރަށް ހިންގުން
  • ގަދަ އަލި ހުންނަތަންތަނުގައި ނުހުރެވުން.
  • ހިނގާ ބިގާވެ އުޅެން އުނދަގޫވުން.
  • ގިނައިން ނިދުން.

މެނިންޖައިޓިސް އަކީ އާންމުގޮތެއްގައި ބެކްޓީރިއަލް ނުވަތަ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

މެނިންޖައިޓިސް އަށް މަގުފަހިވާ ޖަރާސީމުތައް ފެތުރޭނީ:

  • ކިނބިހި އެޅުން
    ކެއްސުން
    ބޮސްދިނުން
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: