ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން އެޗްޕީއޭ އިން ކޮންޓެކްޓް ޓްރޭސިންގް ހަދާނީ

Bacteria Neisseria meningitidis, or meningococcus, 3D illustration. A Gram-negative diplococcal bacterium that causes meningitis and meningococcemia
ޝެއާރކޮށްލާ ކަހަލަދޯ؟

ންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް ކޮންޓެކްޓް ޓްރޭސިންގް ހަދަން ފަށައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މެނިންގޯކޮކަލް ބަލީގެ ކޭސް އެއް ފެނުމުން އެޗްޕީއޭ އިން ވަނީ އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާ ބުނެފައިވަނީ ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށައިފައި ކަމަށެވެ.

”ކްލޯޒް ކޮންޓެކްޓެއް“ ކަމަށް ބެލެވޭ މީހުންގެ ތެރޭގައި އެޗްޕީއޭއިން ބުނެފައިވަނީ ބަލިމީހުންނާއި އެއްގެއެއްގައި ދިރިއުޅޭ މީހުންނާއި ބަލިމީހާއާއި އެކު ވަރަށް ގިނައިރުވަންދެން މަތިންދާ ބޯޓެއްގައި ނުވަތަ ބަހެއްގައި ދަތުރުކޮށްފައިވާ މީހުން ކަމަށެވެ. އަދި ބަލި މީޙާގެ ކުޅު ފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔަ އަކަށް ހުށަހެށިފައިވާ މީހުންވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރަށް އެޗްޕީއޭއިން ބުނެފައިވަނީ ބަލި މީހާއާއި އެއް ފެންފުޅިއަކުން ފެން ބޮއެ، ސަމްސާއާއި ތަށިފަދަ ތަކެތި ބޭނުންކޮށްފައިވާ މީހުން އަދި ބަލި މީހާގެ ސީދާ ކޮންޓެކްޓުންނާއި ދިމާވެފައިވާ މީހުން ”ކްލޯޒް ކޮންޓެކްޓެއް“ ކަމުގައި ނުބެލެވޭނެ ކަމަށެވެ.

މެނިންޖައިޓިސް އަކީ އާންމުގޮތެއްގައި ބެކްޓީރިއަލް ނުވަތަ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

ވަރަށް ގަދަ
88%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: