ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިން އާންމު އެކި މީހުންނަށް ދޭން ޖެހޭ ފައިސާ މިލިއަނަށް އަރާ، މިއީ އާދައިގެ ވާހަކައެއް ނޫން: ޝާޑު

ރަޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުންޏަކުން އާންމު ރައްޔިތުންނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މިލިއަނުގައި ހުރުމަކީ އާދައިގެ ވާހަކައެއް ނޫންކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ މެދުވެރިކޮށް ހިޔާނާތެއް ހިންގާފައިވޭތޯ، ބެލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ދީދީ އެވެ.

މައްސަލަ މަޖިލީހަށް ބަލައިގަތީ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ 67 މެމްބަރުންގެ ވޯޓާއެކު އެވެ. ދީދީ ހުށަހެޅުއްވި މައްސަލައިގައި ވަނީ އެކި ސަރުކާރުތަކުން ފެނަކަ ހިންގުމަށް އިސްކޮށްފައިވާ ބޭބޭފުޅުން ހިޔާނާތްތެރިވެފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުންފުނިން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ވެސް ބުރޫއަރާފައިވާކަމަށް މައްސަލައިގައި ވެއެވެ.

ރައްޔިތުގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝާހިދު ވިދާޅުވީ، ކުރީ ސަރުކާރުގެ ވާހަކަތައް ދެއްކުމަކީ ފަސޭހަކަމެއް ނޫންކަމަށާއި އެކަމަކު ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތެއް މެދުކެނޑި މައްސަލަތައް ދިމާވުމަކީ އެކަމެއް ބަލައި ތަހުގީގު ކުރަން ޖެހޭ ސަބަބެއްކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މެދު އިންތިހާއަށް އިހުމާލުވެފައިވުމުގެ ސަބަބުން، މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަމަށެވެ.

ކޮރަޕްޝަނާއި، ވައްކަމުގެ ހާއްޔަކަށްވެފައި މިދިޔަ ފަސް އަހަރު އޮތް ފެނަކަ މިއަދު އޮތީ ހުރިހާ ގޮތަކުން ވެސް ދަށްފެންވަރުގައިކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ރަށްތަކުގައި، މަސައްކަތްތަކަށް ޒިންމާވާނެ މަސްއޫލުވެރިން ތިބި ނަމަވެސް އޭގެ ބަދަލުގައި ހިންގާފައި ވަނީ ޖަރީމާތައްކަމަށް ޝާހިދު ވިދާޅުވި އެވެ.

އަޅުގަނޑުމެން އެބަޖެހޭ މި ކަންތަކުގެ ހަގީގަތް ބަލައި ހޯދަން.. މިހެން ކަންތައްތައް މި ދިމާވަނީ، ކުރީ ސަރުކާރުން ކަންތައްކޮށްފައި ހުރިލެއް ގޯސްކަމުން.. ވަކިން ހާއްސަކޮށް ފެނަކައިން ކަންތައްކޮށްފައި މިހުރީ، އާދަޔާ ހިލާފަށް ކޮރަޕްޝަނުގެ ބޮޑު މައްސަލައެއް ހިމެނޭ ގޮތަށް، ކަންތައްތައް ކުރުމުގެ ސަބަބުން.. އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ކަރަންޓާއި ފެނުގެ މައްސަލައަކީ ހައްލު ކުރުމަށްޓަކައި ފެނަކައިން މި މަސައްކަތް، ހަވާލުވެގެން ފެނަކައިން ތިއްބެވި ބޭފުޅުން، މަސައްކަތް ކުރައްވައިގެން މި މަސައްކަތް ކުރަމުން މި ގެންދިޔައީ..

ސަރުކާރުން އަމިއްލަ ކުންފުނިތަކާއި، އާންމުންނަށް ދޭން ހުރި ފައިސާ މިލިއަނުގައި ހުރުމަކީ އާދައިގެ ވާހަކައެއް ނޫންކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފެނަކައިގެ ހަރަދުތައް ބޮޑު ނަމަވެސް، ކުންފުންޏަށް ގެނެވުނު ކުރިއެރުމެއް ނުވަތަ ރާއްޖޭގެ ރަށެއްގެ އިންޖީނުގެއަށް އައި އެއްވެސް ބަދަލެއް ފެންނަން ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: