ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ޗައިނާއާއި ދެމެދު ކަރަންސީ ސެޓެލްމެންޓް ނިޒާމެއް ޤާއިމްކުރަނީ

އިކޮނޮމިކް މިނިސްޓަރ ސަޢީދު ޗައިނާގެ މިނިސްޓަރ އޮފް ކޮމާރސް އާއި ބައްދަލުކުރައްވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ޗައިނާއާއި ދެމެދު ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތަށް، ކަރަންސީ ސެޓެލްމެންޓް ނިޒާމެއް ގާއިމް ކުރުމަށް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ޗައިނާގެ މިނިސްޓަރ އޮފް ކޮމާރސް، ވޮންގ ވެންޓޮއޮ އާއި ވަނީ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއިކުރެވިފައިވަނީ މިނިވަން ވިޔަފާރީގެ އެއްބަސް ވުމެއްގައެވެ. އަދި ވިޔަފާރީގެ ދާއިރާއަށް ލުއި ފަސޭހަތަށް ގެނެއުމަށްޓަކައި ރާއްޖެއާއިއެކު ވިޔަފާރީގެ މުޢާމަލާތްތައް ގިނަ އަދަދަކަށް ހިންގާ ބޮޑެތި މާކެޓްތަކާއިއެކު، ކަރަންސީ ސެޓެލްމެންޓް އެރޭންޖްމަންޓްތައް ހެދުމަކީ ސަރުކާރުން އިސްކަންދެއްވާ ކަމެއް ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މި ބައްދަލުކުރެއްވުމަކީ މިއަހަރުގެ ޖެނުއަރީ މަހު ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއިއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން، ވިޔަފާރި އާއި އިޤްތިސާދު ގުޅުންހުރި މަޝްވަރާތަކުގައި ހުށައެޅިފައިވާ ކަންކަމާ ބެހޭ ގޮތުން ބޭއްވި ބައްދަލުމެކެވެ. މި ބައްދަލުވުން ބޭއްވާފައިވަނީ 15 ވަނަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި، ޗައިނާގެ ޑާލިއަން ޕްރޮވިންސްގެ ޑާލިއަން ކޮންގްރެސް ހޯލްގައެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައްވުރަކީ ގުޅިގެން، އެކުގައި މަސައްކަތްކޮށް އަދި ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމުގެ ތަސައްވުރެއްކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޗައިނާއަކީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: