ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެންބަރުންގެ އަދަދު އިތުރުވާތީ މެންބަރުންގެ ޚިޔާލާ މަޝްވަރާ ހޯދާ ގަރާރެއް

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާތީ އެކަމާ ގުޅިގެން މަޖިލިސް މެންބަރުންގެ ޚިޔާލު ހޯދުމަށް ގަރާރެއް ހުށަހަޅައިފިއެވެ.

ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އެ ގަރާރުގެ ފުރަތަމަ ކިޔުން ބުދަ ދުވަހު ވަނީ އިއްވާފައެވެ.

ގަރާރުގައި ބުނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ރާއްޖޭގައި އިންތިޚާބުކުރެވުނު ރައްޔިތުންގެ މަޖިލިސްތަކުގެ މެންބަރުންގެ އަދަދު، ކޮންމެ ފަސް އަހަރަކުން އިދާރާތަކުގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތުން އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެއީ 2008 އޮގަސްޓް 7 ގައި ގާނޫނުއަސާސީގެ 71 ވަނަ މާއްދާ އަދި 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ވުޖޫދުކޮށްފައިވާ ގާނޫނާ އެއްގޮތަށް ކުރިއަށްދާ އުސޫލެއް ކަމަށް ގަރާރުގައިވެއެވެ.

މެންބަރުން އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން ވެސް ދިވެހި ގައުމުގެ އާބާދީ އާ އަޅާބަލާއިރު، ރާއްޖޭގެ މަޖިލިހަށް އިންތިހާބު ކުރަން ޖެހޭ މެމްބަރުންގެ އަދަދު އަންނަނީ އިތުރުވަމުން ކަން ފާހަގަކޮށް ގަރާރުގައި ބުނީ، އެހެންކަމުން ރާއްޖޭގެ ގާނޫނު ހަދާ މަޖިލިހަށް ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުވަމުންދާ ދިއުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.

ގަރާރުގައި ބުނީ މިއީ ރައްޔިތުންގެ މެދުގައި ނުހަނު ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އަދި ވަގުތާ ހާލަތާ ގުޅޭފަދަ ހެޔޮ ބަދަލެއް އެކަމުގައި ގެނެއުމަށް މަޖިލީހުގައި ބަހުސް ކޮށް، މެންބަރުން ސީދާ މިކަމާމެދު ދެކޭ ގޮތް ހާމަކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދު ތަންދޭ އެންމެ ފުޅާމިނެއްގައި އެ ގަރާރަށް ބަހުސްކޮށް މެންބަރުންގެ ޚިޔާލާ ރައުޔުތައް ހާމަވެގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއް ދެކޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: