ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ރައީސުން ގުޅިގެން މަސައްކަތް ކުރަން ބޭނުންވާކަމުގެ އިޝާރާތެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކަށް ޕާޓީ ދޫކޮށް، ޑިމޮކްރެޓްސް އުފެއްދި  ބޭފުޅުން އެކުގައި މަސައްކަތް ކުރުމަށް ވިސްނައި ހިޔާލުތަފާތުވުން ދޫކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުޔވީ ރައީސް ސޯލިހު ވިދާޅުވި ވާހަކައަކީ، ތެދުފުޅެއްކަމަށެވެ. އަދި އެމަނިކުފާނު އެ ވިދާޅުވި މިސްރާބު އެކުގައި ހޯދޭނެކަމުގެ ފުރިހަމަ އުންމީދު އެބައޮތްކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީގެ އެންމެ ބޮޑު ސަބަބަކީ، ދެ ރައީސުންގެ ދެމެދުގައި ޖެހުނު މައްސަލަތައްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުމުގައި އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރުމަށް ފަހު ކުރިމަގިވި ނާކާމިޔާބީއަށް ފަހު ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން އައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވަކިންނެވެ. އަދި ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި ޕާޓީގައި އިސްކޮށް އުޅުއްވުމަށް ފަހު އެމަނިކުފާނު ވަނީ ސިޔާސީ މަސައްކަތުން ދުރަށް ޖެހުނުކަން އިއުލާނުކޮށްފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: