ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސަޕްލައި ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި

އައްޑޫ ސަޕްލައި ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސަޕްލައި ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

އައްޑޫ ސިޓީގެ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގައެވެ. އެއް އަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރި 282 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ތެރެއިން ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރަތްކުރުމާއި ބޯހޯލް ތޮރުފުމާއި ދުވާލަކު 1500 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުން ހިމަނައިފައިވެއެވެ. އަދި ފެން ރައްކާކުރާ 200 ޓަނުގެ ތިން ތާނގި އާއި 100 ޓަނުގެ ތިން ތާނގި ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އައްޑޫގަައި ސަޕްލައި ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެމްޑަބްލިއުއެސްސީން ބުނެފައިވަނީ މިހާރު ކުރިއަށްގެންދަނީ ސ. ހިތަދޫގައި ބޯހޯލް ތޮރުފުމުގެ މަސައްކަތްކަމަށެވެ. މި މަޝްރޫއުގެ ދަށުން ހުޅުމީދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށް، ބޯހޯލް ތޮރުފައި، ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓަކާއި ފެން ރައްކާކުރުމަށް 1000 ޓަނުގެ ތިން ތާނގި ހިތަދޫގައި ބެހެއްޓިގެންދާނެ އެވެ. އަދި ހިތަދޫ އާއި ހުޅުމީދުއަށް ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ފެން ރައްކާކުރަން 1000 ޓަނުގެ ޖުމްލަ ހަތަރު ތާނގި ބަހައްޓުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: