ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މިސްރާބުހުރީ ޕާޓީ ހަރުދަނާ ކުރުމަށް: ފައްޔާޒު

އެމްޑީޕީގެ މިސްރާބުހުރީ ޕާޓީ ހަރުދަނާ ކުރުމަށް: ފައްޔާޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކުރެޓިކް ޕާޓީ ( އެމްޑީޕީ )ގެ މިސްރާބު މިހާރު ހުރީ ޕާޓީ ހަރުދަނާ ކުރުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަމުން ފައްޔާޒު ވިދާޅުވީ، އެ ޕާޓީން ކުރިއަށް އޮތް ދުވަސް ތަކުގައި ކުރަން ރާވާފައިވާ މަސައްކަތަކީ ޕާޓީ ވަރުގަދަކުރުމަށް ކުރާ މަސައްކަތްތައް ކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތުގެ ތެރޭގައި ޕާޓީއަށް ގެންނަންޖެހޭ ބަދަލުތަކާއި ޕާޓީ އިތުރަށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތައް ހިމެނޭ ކަމަށް ފައްޔާޒު ވަނީ ފާހަގަކޮށްފައެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ އާންމު މެމްބަރުންގެ ފިކުރުތަކާއި ވިސްނުން ތަކުގެ ތެރެއިން ކުރިއަށް ދާނެ މަގު އެކުލަވާލައްވާނެ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ އަބަދުވެސް މަގުސަދަކަށް ވެގެންދާނީ ރާއްޖޭގައި ރައްޔިތުންނަށް އަދުލުވެރި ހެޔޮ ވެރިކަމެއް އޮތުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ވެރިކަން ކުރާ ފަރާތަކީ އެ ޕާޓީން ނޫން ކަމުގައި ވީ ނަމަވެސް، އެ އިރެއްގައި ވެރިކަން ކުރާ ފަރާތްތަކުން ވަކި މިންގަނޑެއްގެ ތެރޭގައި ތިބުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް ފައްޔާޒުވަނީ ފާހަގަކޮށްފައެވެ.

“ މި ވަގުތު އަޅުގަނޑުމެންގެ މިސްރާބު ޖަހަފައި ހުރީ ޕާޓީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނެއުމަށް ، ކުރިއަށް އޮތް އަހަރު ދުވަސް ތެރޭގައި އަޅުގަނޑުމެއް ކުރިއަށް ކުރާނެ އެންމެ ބޮޑު މަސައްކަތަކީ މިދެންނެވި މަސައްކަތްތައް.. ޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތްތައް.. އޭގެ ތެރޭގައި އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން އަސްލު އަޅުނގަޑުމެންގެ އެންމެ ރިފްލެކްޓްވަނީ ކޮންކަހަލަ ދިމާލަކަށް ތޯ..“ ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، 20 ވަނަ މަޖިލިސްގައި މަދު އަޤުލަބިއްޔަތެެއް އެމްޑީޕީއަށް ލިބިފައިވާ ކަމަށާއި އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި އެއީ ރައްޔިތުންނަށާއި ޤައުމަށް ދެރަކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑިއެވެ. އެހެނަސް، ސިޔާސީ އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީއިން އަބަދުވެސް ރައްޔިތުންނަށް ލިބިލައްވަންޖެހޭ ހައްޤުތައް ކަށަވަރުކުރުމަށް ކުރަން ޖެހިވަޑައިގަންނަވާ ހުރިހާ ކަމެއް ކުރާނެ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

“ މަޖިލިހުން މި އޮތީ ވަރަށް މަދު ސީތު ތަކެއް ލިބިފައި، އެއީ ވަރަށް ދެރަކަމެއް، އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންނަށާއި ޤައުމަށް އެކަމުގެ ދެރަ ފޯރުކުރާނެ ..އެހެން ނަމަވެސް ސިޔާސީ އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން އަލުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނަން މިދެންނެވި ކަންތައްތައް ދިފާއުކޮށް ރައްޔިތުންނަށް ލިބެންޖެހޭ ހައްޤުތައް ކަށަވަރުކުރުމަށް ސިޔާސީ ޕާޓީއެއް ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގައި “ ފައްޔާޒު ވިދާޅުވިއެވެ.

މިއަދު ދުނިޔެއަށް ބަލާއިލާއިރު އިންސާނުންގެ ވިސްނުމާއި ފިކުރުތަކަށް ބަދަލަުތަކެއް އަންނައިރު އެކި ކަންކަން ހިނގުމަށް ބަދަލުތަކެއް އަންނަ ކަމަށް ފައްޔާޒު ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަކީ ދަޢުލަތެއްގެ ޒިންމާއެއް ކަމަށާއި ކޮންމެ ބަޔަކު ވެރިކަމަށް އައިކަމުގައި ވިނަމަވެސް ރައްޔިތުންނަށް އެކަން ކޮށްދެވެން ޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެމްޑީޕީއަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެމްޑީޕީއަށް މި ލަގަބު ލިބިފައިވަނީ 23 ޖޫން 2005 ގައި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރެވުނު ހިސާބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: