ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެ، ތިމާވެށި ރައްކާތެރި ކުރުމަށް އަވަސް ފިޔަވަޅު އަޅަން ޖެހޭ: ތޯރިގު

ކައުންސިލް މީޓިންގް ނިންމާލުމުގެ ރަސްމިއްޔާތުގައި އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ގެ 16 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގް ނިންމާލުމުގެ ރަސްމިއްޔާތުގައި އެންވައިރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ބައިވެރިވެވަޑައިގެންފި އެވެ.

ބޫޓާންގައި ޖޫން 24 އިން 26 އަށް ކުރިޔަށް ދިޔަ މި ރަސްމިއްޔާތުގައި ތޯރިގު ވަނީ ވަނީ މޫސުމީ ބަދަލުތަކުން ދިމާވާ ނުރައްކާތަކާ ކުރިމަތިލުމުގައި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ސަކެޕްގެ ބައްދަލުވުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެ އެކަމަށް އަވަސް ފިޔަވަޅު އެޅުމަކީ ގައުމުގެ ތިމާވެށި ރައްކާތެރިކުރުމަށް ލިބޭ ފުރުސަތެއްކަމަށް ތޯރިގު ވިދާޅުވި އެވެ.

ރާއްޖެއަށް މޫސުމީ ބަދަލުތަކުން ދިމާވާ ޢާއްމު ކަންކަމަށް ބަލާއިރު، ޖައްވު ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ވަޔާއި ފެން ތަޣައްޔަރު ވުމާއި، ރަށް ގިރުން ފަދަ މައްސަލަތައް ހިމެނެއެވެ. މިފަދަ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް އެކި ޤައުމުތަކުގެ ހިޔާލު ބަދަލުކުރުމަށާއި ސަކެޕްގެ މެންބަރު ގައުމުތަކުން ރާއްޖެއަށް ކުރިމަތިވާ މޫސުމީ ގޮންޖެހުންތައް ކުޑަ ކުރުމުގައި މަސައްކަތް ކޮށް އެހީތެރިވެދިނުމަށް މިނިސްޓަރ ވަނީ ރާއްޖޭގެ ފަރާތުން ގޮވާލައްވާފަ އެވެ. އަދި ވަނީ ރާއްޖޭގެ ސަރުކާރުން މިފަދަ މައްސަލަތައް މަދުކުރުމަށް އަޅަމުން ގެންދާ ފިޔަވަޅުތައް ފާހަގަކުރައްވައި، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުއެއް ކުރިޔަށް ދާތީ އެކަމުގެ ތަފްސީލު ދެއްވާފަ އެވެ.

މީގެ އިތުރުން ސަކެޕްގެ އުސޫލުތައް ހަރުދަނާކޮށް އަލުން އެކުލަވާލުމަށް މިނިސްޓަރ ވަނީ މެންބަރު ގަޤައުމުތަކަށް ގޮވާލައްވާފައެވެ.

ގައުމުތަކުގެ ސަރަޙައްދީ ބޭނުންތަކާއި ކަންބޮޑުވުންތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ސަރަޙައްދީ ތިމާވެށީގެ ޖަމިއްޔާއެއް ގޮތުގައި ސަކެޕް ވެފައިވާއިރު، އެ ބަދަލުތަކަށް ފުރިހަމައަށް ތައްޔާރުވާން ޖެހޭ. އެހެންކަމުން، ޕްރޮއެކްޓިވް ރޯލްތައް އަދާކުރުމުގަޔާއި، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އިސްވެ ތިމާވެށީގެ މައްސަލަތަކަށް އަޑުއުފުލާ މަސައްކަތް ކުރެވޭނެ ޖަމްއިއްޔާއަކަށް ސަކެޕް ހެދުމަށްޓަކައި އުސޫލުތައް އިސްލާހުކޮށް ރީސްޓްރަކްޗަރ ކުރުމަކީ މުހިއްމުކަމެއް ކަމުގައި އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން. އެހެންކަމުން މި ޒަމާނާ ގުޅޭ ގޮތަށް ސަކެޕް އިސްލާހުކޮށް، މިހާރަށްވުރެ ހަރުދަނާ ކުރުމަށް މަގު ޗާޓެއް އެކުލަވާލުމަށް، ހުރިހާ މެންބަރު ޤައުމުތަކަށްވެސް އަޅުގަނޑު އިލްތިމާސް ކުރަން.

1987 ވަނަ އަހަރުން ފެށިގެން ކުރިޔަށްގެންދެވޭ މި ބައްދަލުވުމަކީ ސަކެޕްގެ މެންބަރު ޤައުމުތަކުގެ އިތުރުން އެކުވެރި ދައުލަތްތަކުގެ އެހެނިހެން އިދާރާތައް ހިމެނޭގޮތަށް ތިމާވެށީގެ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރުމަށް ބޭއްވޭ މުހިއްމު ބައްދަލުވުމެކެވެ. މި އަހަރު ބޭއްވިގެންދިޔައީ ސަކެޕްގެ 16 ވަނަ ބައްދަލުވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: