ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެނިންޖައިޓިސް ކޭސްއާ ގުޅޭ 46 ކޮންޓެކްޓުން ފާހަގަކުރެވިއްޖެ: އެޗްޕީއޭ

Bacteria Neisseria meningitidis, or meningococcus, 3D illustration. A Gram-negative diplococcal bacterium that causes meningitis and meningococcemia
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ފެނުނު އިންވޭސިވް މެނިންގޯކޮކަލް (މެނިންޖައިޓިސް) ކޭސްއާ ގުޅިގެން، ކުރެވުނު ކޮންޓްރެކްޓް ޓްރޭސިންގގެ މަސައްކަތުން 46 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއަށް އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ވިދާޅުވީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޕްރޮފިލެކްސިސް ދޭންޖެހޭ މީހުންނަށް އެ ދީފައިވާ ކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު އަދަދުތައް އިތުރުވެގެން ދެން ނުދާނެ ކަމަށެވެ.

“ކްލޯޒް ކޮންޓެކްޓެއް” ކަމަށް ބެލެވޭ މީހުންގެ ތެރޭގައި އެޗްޕީއޭއިން ބުނެފައިވަނީ ބަލިމީހުންނާއި އެއްގެއެއްގައި ދިރިއުޅޭ މީހުންނާއި ބަލިމީހާއާއި އެކު ވަރަށް ގިނައިރުވަންދެން މަތިންދާ ބޯޓެއްގައި ނުވަތަ ބަހެއްގައި ދަތުރުކޮށްފައިވާ މީހުން ކަމަށެވެ. އަދި ބަލި މީޙާގެ ކުޅު ފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔަ އަކަށް ހުށަހެށިފައިވާ މީހުންވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރަށް އެޗްޕީއޭއިން ބުނެފައިވަނީ ބަލި މީހާއާއި އެއް ފެންފުޅިއަކުން ފެން ބޮއެ، ސަމްސާއާއި ތަށިފަދަ ތަކެތި ބޭނުންކޮށްފައިވާ މީހުން އަދި ބަލި މީހާގެ ސީދާ ކޮންޓެކްޓުންނާއި ދިމާވެފައިވާ މީހުން “ކްލޯޒް ކޮންޓެކްޓެއް” ކަމުގައި ނުބެލެވޭނެ ކަމަށެވެ.

މެނިންޖައިޓިސް އަކީ އާންމުގޮތެއްގައި ބެކްޓީރިއަލް ނުވަތަ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މެނިންޖައިޓިސް އަށް އަވަސް ފަރުވާ ނުދެވިއްޖެނަމަ ވަރަށް ސީރިއަސް ވެދާނެއެވެ.

މެނިންޖައިޓިސްގެ އަލާމާތްތަކުގެ ތެރޭގައި:

  • ހުންއައުން
  • މާބޮޑަށް ބަލިވުން
  • ބޮލުގައި ރިއްސުން
  • ކަރުހިއްކުން
  • ބޭރަށް ހިންގުން
  • ގަދަ އަލި ހުންނަތަންތަނުގައި ނުހުރެވުން.
  • ހިނގާ ބިގާވެ އުޅެން އުނދަގޫވުން.
  • ގިނައިން ނިދުން.

މެނިންޖައިޓިސް އަށް މަގުފަހިވާ ޖަރާސީމުތައް ފެތުރޭނީ:

  • ކިނބިހި އެޅުން
  • ކެއްސުން
  • ބޮސްދިނުން
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: